DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ކަތިރިއަންސް ފައިނަލާ އިންޗިއެއްހާ ގާތަށް ޖެހިލައިފި
ކަތިރިއަންސް ފައިނަލާ އިންޗިއެއްހާ ގާތަށް ޖެހިލައިފި
ކަތިރިއަންސް އާއި ކަތިރިއަންސް ޖޫނިއާސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ނޫމަރާ ކައުންސިލް

ކަތިރިއަންސް ފައިނަލާ އިންޗިއެއްހާ ގާތަށް ޖެހިލައިފި

ފަހުމިނެޓް
ފަހުމިނެޓް
20 ގަޑިއިރު ކުރިން • 7 ނޮވެމްބަރު 2026

ށ. ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފައިނަލާ ގާތަށް ކަތިރިއަންސް ޖެހިލައިފި އެވެ. 

ކަތިރިއަންސް ފައިނަލާ ގާތަށް ޖެހިލީ މިރޭ ކުޅުނު މެޗުގައި، ކަތިރިއަންސް ޖޫނިއާސް 7-2 އިން ބަލިކޮށްގެންނެވެ. މިއީ އެއް މެނޭޖްމަންޓަކުން މުބާރާތަށް ނެރުނު ދެ ޓީމެވެ. 

މިރޭގެ މެޗާ އެކު ކަތިރިއަންސް ވަނީ ލީގު ބުރުގެ ތިން މެޗު ވެސް ކުޅެފަ އެވެ. މި ތިން މެޗުން ލިބުނު 7 ޕޮއިންޓާ އެކު އެޓީމު އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ 4 ޕޮއިންޓް ހޯދާފައިވާ ކޭލި އެވެ. ތިން ވަނައިގައި އޮތް ފެލްކަން ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ ޕޮއިންޓެކެވެ. އަދި، ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ފުލުގައި އޮތް ކަތިރިއަންސް މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ. 

މުބާރާތުގައި މާދަމާ ރޭ ކުޅޭނީ ލީގު ބުރުގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ފެލްކަން އާއި ކޭލި އެވެ. މި މެޗުން ކޭލި މޮޅުވިޔަސް، ލަނޑުގެ ތަފާތުން ކަތިރިއަންސް އަށް އެއް ވަނަ ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިވަގުތު ވެސް ކަތިރިއަންސް އޮތީ ކޭލި އަށް ވުރެ ފައިދާ 9 ގޯލު ހޯދައިގެންނެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކަތިރިއަންސްގެ އައިމަން. ފޮޓޯ: ނޫމަރާ ކައުންސިލް
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކަތިރިއަންސްގެ އައިމަން. ފޮޓޯ: ނޫމަރާ ކައުންސިލް

ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ އަށް ނުކުންނާނީ މާދަމާ ރޭ ލީގު ބުރުގެ ފަހު މެޗުގައި ވެސް ވާދަކުރާ ކޭލި އާއި ފެލްކަން އެވެ.  

ކަތިރިއަންސް އިން މިރޭ ޖެހި 7 ގޯލުގެ ތެރެއިން، މޫސާ ސަނީހު އާއި އިބްރާހީމް އައިމަން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން ގޯލު ޖެހީ އަހުމަދު އަނީލް އާއި މުހައްމަދު އައިމަންގެ އިތުރުން އިބްރާހީމް ފަހުމީ އެވެ.

https://fahuminet.com/tournaments/noomaraa-council-futsal-tournament

ކަތިރިއަންސް ޖޫނިއާސްގެ ދެ ގޯލު ޖެހީ މުހައްމަދު ޒާލިފް އާއި ޝީމާޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަތިރިއަންސްގެ އިބްރާހީމް އައިމަން އެވެ. 

ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings