DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފަހުމިނެޓްގައި ގޯލް ޖަހައި ކޭލި ފައިނަލަށް
ފަހުމިނެޓްގައި ގޯލް ޖަހައި ކޭލި ފައިނަލަށް
ކޭލި އާއި ކަތިރިއަންސް ޖޫނިއާސް ވާދަކުރި މެޗުގެ ތެރެއިން. ކޭލި މޮޅުވީ ފަހުމިނެޓްގައި ޖެހި ލަނޑުން. ފޮޓޯ: ނޫމަރާ ކައުންސިލް

ފަހުމިނެޓްގައި ގޯލް ޖަހައި ކޭލި ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
21 ގަޑިއިރު ކުރިން • 8 ނޮވެމްބަރު 2026

ށ. ނޫމަރާ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެ ވަަނަ ޖާގަ ކޭލި ހޯދައިފި އެވެ. 

ކޭލި ފައިނަލަށް ދަތުރުކުރީ، ފައިނަލަށް ހޮވޭ ޓީމެއް ކަށަވަރުކުރުމަށް މިރޭ ކުޅުނު ޕްލޭ އޮފް މެޗުގައި 0-1 އިން ކަތިރިއަންސް ޖޫނިއާސް ބަލިކޮށްގެންނެވެ. 

މިރޭގެ މެޗުގެ ހަމައެކަނި ގޯލު މެޗުގެ ފަހުމިނެޓްގައި ޖެހީ ކޭލި ޓީމުގެ މުހައްމަދު އަހުސަމް އެވެ. އަހުސަމް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. 

މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެއެވެ. އެކަމަކު އެ ފުުސަތުތައް ގޯލަށް ބަދަލުކޮށްލަން ދެޓީމަށް ވެސް އުނދަގޫވި އެވެ. 

ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުކުރި ކޭލި. ފޮޓޯ: ނޫމަރާ ކައުންސިލް
ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުކުރި ކޭލި. ފޮޓޯ: ނޫމަރާ ކައުންސިލް

ފައިނަލުގައި ކޭލި ނުކުންނާނީ ކަތިރިއަންސްއާ ދެކޮޅަށެވެ. ކަތިރިއަންސް އަކީ ލީގު ބުރުގެ އެއް ވަނަ ހޯދައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ޓީމެވެ. އަނެއްކޮޅުން މިރޭ ޕްލޭ އޮފް މެޗުގައި ބަލިވި ކަތިރިއަންސް ޖޫނިއާސް އަކީ ކަތިރިއަންސްގެ މެނޭޖްމަންޓުން މުބާރާތަށް ނެރުނު ދެ ވަނަ ޓީމެވެ. 

ކޭލި އާއި ކަތިރިއަންސް ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. 

https://fahuminet.com/tournaments/noomaraa-council-futsal-tournament

ކަތިރިއަންސް އާއި ކޭލި ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރެ އެވެ. 

ސްޕޯޓްސް ފިއެސްޓާގައި މާދަމާ ރޭ އޮންނާނީ ހޭންޑްބޯލް މުބާރާތުގެ ފައިނަލެވެ. މި ފައިނަލުގައި ވާދަކުރާނީ ހަމަކިރިޔާ އާއި ކަމްބެކާސް އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings