DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަނުންގެ ޝަރަފް ދަމަހައްޓައި، ރަސްމާދޫ ކުއާޓާ ފައިނަލަށް
ޗެމްޕިއަނުންގެ ޝަރަފް ދަމަހައްޓައި، ރަސްމާދޫ ކުއާޓާ ފައިނަލަށް
ރަސްމާދޫގެ މަންޑޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މެޗުން ބޮޑު ވާދަވެރިކަމެއް ފެނުނު. ފޮޓޯ: ރ. ވެޓެރަންސް ޗެލެންޖް

ޗެމްޕިއަނުންގެ ޝަރަފް ދަމަހައްޓައި، ރަސްމާދޫ ކުއާޓާ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
20 ގަޑިއިރު ކުރިން • 27 ސެޕްޓެމްބަރު 2026

އެމްޕީ ފަލާހް ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ޗެމްޕިއަން ރަސްމާދޫ އިން ކަށަވަރުކުރި އިރު މާކުރަތުން ފެށުން ރަގަޅުކޮށްފި އެވެ.

މުބާރާތް ބާއްވާ ރަސްމާދޫގެ ވެޓަރަންސް ޓީމް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައި މިވަނީ ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ރަސްގެތީމާ ވާދަކޮށް 1-2 އިން މޮޅުވެގެންނެވެ. މުބާރާތުގައި އިއްޔެ ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ރަސްމާދޫއިން ރަސްގެތީމުގެ މައްޗަށް ކުރި ހޯދީ މެޗުގެ ފުރަތަމަ ހާފުގައި ރަސްގެތީމުން ލަނޑެއް ޖަހައި ލީޑު ނަގާފައި އޮއްވަ އެވެ.

ރޭ ކުޅުނު އެންމެ ފަހު މެޗު ފަށައިގެން ރަސްމާދޫއިން ރަގަޅަށް ކުޅެމުން ދަނިކޮށް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި އޮއްވައި ރަސްގެތީމުން ގޯލް ޖެހީ އަލީ ފަހުމީ އެވެ. ރަސްމާދޫއިން މެޗުގައި ޖެހި ދެ ގޯލް ވެސް ކާމިޔާބުކުރީ ފަހު ހާފުގަ އެވެ. ފުރަތަމަ ގޯލް މެޗުގެ 27 ވަނަ މިނެޓްގައި ރަސްމާދޫއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަމްދޫހް (މަންޑޭ) އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހަނި ގޮތަކަށް އަނގޮޅިތީމުގެ މައްޗަށް ކުރި ހޯދި ރަސްމާދޫއިން ރޭގެ މެޗުގައި ރަސްގެތީމުގެ މައްޗަށް ކުރި ހޯދައި ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ މެޗުގައިވެސް ރަސްމާދޫއަށް ގޯލް ޖަހައިދިން ނަސްރުﷲ މުހައްމަދެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާ އެވެ.

ރޭގެ ނަތީޖާ އާއެކު ރަސްގެތީމަށް ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށް އޮތް ފުރުސަތު މިވަނީ ހަނިވެފަ އެވެ. ފުރަތަމަ މެޗުގައި ހުޅުދުއްފާރު އަތުން ބޮޑު ތަފާތަކުން ބަލިވި ރަސްގެތީމަށް ދެން ކިރިޔާވެސް ފުރުސަތެއް އޮންނާނީ ފަހު މެޗުގައި އަނގޮޅިތީމު ބަލިކޮށްގެންނެވެ.

ރޭގެ ފުރަތަމަ މެޗުގައި ގްރޫޕް ބީ ގައި ހިމެނޭ މާކުރަތާއި އިންނަމާދޫ ބައްދަލުކުރި މެޗު މާކުރަތުން ކާމިޔާބުކުރީ 0-2 އިންނެވެ. މި މެޗުގައި މާކުރަތުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓްގެ ތެރޭގައި މާކުރަތުގެ  އަލީ ނަސީރު އެ ޓީމަށް ލީޑު ނަގައިދިން އިރު މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އަބްދުﷲ މާހިރެވެ.

މުބާރާތުގައި އިންނަމާދޫ އާއި މާކުރަތުން ކުޅުނު ފުރަތަމަ މެޗުގައި އިންނަމާދޫއަށް ވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. އިންނަމާދޫ އިން މާކުރަތުގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ މާކުރަތުގެ ގޯލްކީޕަރު އިސްހާގު އަބްދުލްހަމީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާކުރަތު ޓީމުގެ މުހައްމަދު ރިޝީފެވެ.

https://fahuminet.com/tournaments/r-veterans-futsal-challenge-2026

މުބާރާތުގައި އިއްޔެ ހަވީރު އޮތީ ތިން ޓީމު ވާދަކުރާ ގްރޫޕް ސީގެ ފުރަތަމަ މެޗެވެ. ދުވާފަރާއި އަދި މުބާރާތުގައި މުޅިން އަލަށް ވާދަކުރި އުނގޫފާރު ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގައި ދެ ޓީމުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއިރު އުނގޫފާރުން ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިއާ ވެސް އަމާޒުވި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އުނގޫފާރު ޓީމުގެ އިބްރާހީމް ހަސަނަށެވެ.

މުބާރާތުގައި މިއަދުވެސް ތިން މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު މާކުރަތާއި، މަޑުއްވަރި ބައްދަލުކުރާއިރު މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އުނގޫފާރާއި، މީދޫ އެވެ. މިރޭ ކުޅޭ ދެވަނަ މެޗުގައި  އަނގޮޅިތީމުން ނުކުންނާނީ ހުޅުދުއްފާރާ ދެކޮޅަށެވެ.

 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings