DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމް ފުޓްސަލް: ފަސޭހަކަމާ އެކު ގއ. ފަތަހަކުރީ ދެއްވަދޫ
އެފްއޭއެމް ފުޓްސަލް: ފަސޭހަކަމާ އެކު ގއ. ފަތަހަކުރީ ދެއްވަދޫ

އެފްއޭއެމް ފުޓްސަލް: ފަސޭހަކަމާ އެކު ގއ. ފަތަހަކުރީ ދެއްވަދޫ

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 18 ސެޕްޓެމްބަރު 2026

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ފަސޭހަކަމާ އެކު ގއ. ދެއްވަދޫ އިން ހޯދައިފި އެވެ. 

ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ނިސްބަތްވާ ދެއްވަދޫ އިން ޗެމްޕިއަންކަން ހޯދީ ރޭ އެރަށުގައި ކުޅުނު ފައިނަލުގައި 0-4 އިން ގއ. ވިލިނގިލި ބަލިކޮށްގެންނެވެ. 

މެޗުގައި ދެއްވަދޫގެ މީޝާން މުޖީބު އަންވަރު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަލީ ހޮދަދާދީ އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ގޯލު ޖެހި ރާއްކޮ އެވެ. 

ގއ. އަތޮޅު ބުރުގައި ޗެމްޕިއަން ދެއްވަދޫ އާއި ރަނަރަޕް ވިލިނގިލީގެ އިތުރުން ވާދަކުރީ ގެމަނަފުށި އަދި ކޮނޑޭ އެވެ. ދެއްވަދޫ އާއި ވިލިނގިލި ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ. 

މެޗުގައި ދެއްވަދޫގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. ދެއްވަދޫ އަކީ ފުޓްސަލްގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށެއް. ފޮޓޯ: ކްލަބް މޯލްޑިވްސް
މެޗުގައި ދެއްވަދޫގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. ދެއްވަދޫ އަކީ ފުޓްސަލްގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށެއް. ފޮޓޯ: ކްލަބް މޯލްޑިވްސް

ޗެމްޕިއަންކަން ހޯދި ދަތުރުގައި ދެއްވަދޫ ވަނީ ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ވިލިނގިލި ދެ ވަނަ ހޯދިއިރު ތިން ވަނަ ލިބުނީ ގެމަނަފުއްޓަށެވެ. ތިން މެޗުން ބަލިވި ކޮނޑޭ ދިޔައީ ފުލަށެވެ. 

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބާކީ އޮތީ ލ. އަތޮޅުގެ ފައިނަލް އެކަންޏެވެ. މި ފައިނަލް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައިވަ އެވެ. ވާދަކުރާނީ ފުޓްސަލްގައި މަޝްހޫރު ލ. ގަމާއި އެރަށާއި ވާދަވެރި އިސްދޫ އެވެ. 

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަތޮޅު ބުރަށް ފަހު މި މަހު ޒޯން ބުރުގެ މެޗުތައް ފަށާނެ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings