ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމް ފުޓްސަލް: ދަނގެތިން އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި
އެފްއޭއެމް ފުޓްސަލް: ދަނގެތިން އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި
ދަނގެތިންަ އަތޮޅު ފުޓްސަލްގެ ތަށި އުފުލާލަނީ. ފޮޓޯ: އަލީ ހުޝާން

އެފްއޭއެމް ފުޓްސަލް: ދަނގެތިން އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 26 އޮގަސްޓް 2026

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ އދ. އަތޮޅުގެ ޗެމްޕިއަންކަން ދަނގެތި ހޯދައިފި އެވެ. 

ދަނގެތިން އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި މަންދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ދަނގެތި މޮޅުވީ 3-4 އިންނެވެ. 

ދަނގެތި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ މަންދޫއިންނެވެ. މި ގޯލު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއީލް ޝިޔާޒް އެވެ. ދަނގެތިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހުމިނެޓުގައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ސުދައިސް އަލީ އެވެ. 

އެއްވަރުވެގެން ޖެހި ޕެނަލްޓީގެ ތެރެއިން މަންދޫގެ ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. އެޓީމަށް ނާކާމިޔާބުވީ އާދަމް އާޒިމް ޖެހި ޕެނަލްޓީ އާއި މުހައްމަދު ފިޒާލް ޖެހި ޕެނަލްޓީ އެވެ. ދަނގެތީގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވައްދާލި އެވެ. ޕެނަލްޓީ ވައްދާނުލެވުނީ މުހައްމަދު ރައްޒާން ހުސައިން އަށެވެ. 

ދަނގެތިން ޗެމްޕިއަންކަން ކަށަވަރުކުރީ މެޗުގައި ގޯލު ޖެހި ސުދައިސް ޖެހި ޕެނަލްޓީ ވައްދާލައިގެންނެވެ. 

އދ. އަތޮޅުގެ ކުޅުން ނިމުނުއިރު ބުދަ ދުވަހުގެ ރޭ ވަނީ އއ. އަތޮޅުގެ ފައިނަލް ވެސް ކުޅެފަ އެވެ. އެ ފައިނަލުގައި ބޮޑުފޮޅުދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ މަތިވެރިންނެވެ. 

https://www.fahuminet.com/tournaments/fam-adh-atoll-futsal-championship

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިރޭ ދ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ކުޑަހުވަދޫ އާއި މާއެނބޫދޫ އެވެ. 

ކުރިން މ. އަތޮޅުގެ ބުރު ފަށަން އޮތީ މިއަދު އެވެ. އެހެންނަމަވެސް އެ މުބާރާތް ފެށުން މިހާރު ވަނީ މާދަމާ އަށް ބަދަލުކޮށްފަ އެވެ. 

ކޮމެންޓްސް

Matches
7
Ongoing
5
Upcoming
Predict
Settings