ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމް ފުޓްސަލް: މަނަދޫ ބަލިކޮށް މަގޫދޫ އިން ނ. އަތޮޅުގެ ތަހުތަށް އިސްވެއްޖެ
އެފްއޭއެމް ފުޓްސަލް: މަނަދޫ ބަލިކޮށް މަގޫދޫ އިން ނ. އަތޮޅުގެ ތަހުތަށް އިސްވެއްޖެ
ނ. މަގޫދޫ އިން އަތޮޅު ފުޓްސަލްގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ. އެރަށުން މުބާރާތުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައި.

އެފްއޭއެމް ފުޓްސަލް: މަނަދޫ ބަލިކޮށް މަގޫދޫ އިން ނ. އަތޮޅުގެ ތަހުތަށް އިސްވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން 22 އޮގަސްޓް 2026

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅުގ ެޗެމްޕިއަންކަން މަގޫދޫ އިން ހޯދައިފި އެވެ. 

މަގޫދޫ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު އަތޮޅު ފައިނަލުގައި، މުބާރާތް ބޭއްވި މަނަދޫ 5-0 އިން ބަލިކޮށްގެންނެވެ. 

މަގޫދޫ އިން މޮޅު ކުޅުމެއް ފެނުނު މެޗުގައި އެޓީމުގެ ސައުދު މުހައްމަދު އާއި މުހައްމަދު އިރުޝާދު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު އިހުޝާން އެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަގޫދޫގެ އިރުޝާދު އެވެ. 

ނ. އަތޮޅުން މުބާރާތުގައި ހަތަރު ރަށް ބައިވެރިވިއިރު މެޗުތައް ކުރިއަށްދިޔައީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. 

ލީގު ބުރުގައި މަނަދޫ އާއި މަގޫދޫ ޕޮއިންޓުގެ ގޮތުން ވީ އެއްވަރެވެ. އެކަމަކު ގޯލުގެ ތަފާތުން އެއް ވަނަ ހޯދީ މަނަދޫ އެވެ. 

ލީގު ބުރުގައި ވެސް މަގޫދޫ އިން ވަނީ މަނަދޫ ބަލިކޮށްފަ އެވެ. ޗެމްޕިއަންކަމާ އެކު އަތޮޅު ފުޓްސަލްގެ ރަސްކަމުގައި މިހާރު އޮތީ މަގޫދޫ އެވެ. 

https://fahuminet.com/tournaments/fam-n-atoll-futsal-championship

މި ދެޓީމު ވެސް ދެން ވާދަކުރާނީ ޒޯން ދޭއްގަ އެވެ. ޒޯން ދޭއްގައި ދެން ހިމެނެނީ ޅ، ރ، އަދި ބ. އަތޮޅުގެ ޓީމުތަކެވެ. 

މަގޫދޫ އާއި މަނަދޫގެ އިތުރުން ޒޯން ދޭއްގައި ވާދަކުރާނީ، އޭދަފުށި، ތުޅާދޫ، ދުވާފަރު، އިނގުރައިދޫ އަދި ހިންނަވަރާއި ނައިފަރެވެ. 

ކޮމެންޓްސް

Matches
5
Ongoing
3
Upcoming
Predict
Settings