ފުރަތަމަ ސަފްޙާ / ޚަބަރު / ނައިފަރު ބަލިކޮށް ހިންނަވަރުން ޅ. އަތޮޅުގެ ތަށި އުފުލާލައިފި
ނައިފަރު ބަލިކޮށް ހިންނަވަރުން ޅ. އަތޮޅުގެ ތަށި އުފުލާލައިފި
ހިންނަވަރުން ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުން. ފޮޓޯ: އިބްރާހީމް ވަހީދު

ނައިފަރު ބަލިކޮށް ހިންނަވަރުން ޅ. އަތޮޅުގެ ތަށި އުފުލާލައިފި

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 22 އޮގަސްޓް 2026

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޅ. އަތޮޅުގެ ޗެމްޕިއަންކަން ހިންނަވަރުން ހޯދައިފި އެވެ. 

ހިންނަވަރު އަތޮޅު ޗެމްޕިއަންކަން ހޯދީ މިރޭ އެރަށުގައި ކުޅުނު ފައިނަލުގައި 1-2 އިން ނައިފަރު ބަލިކޮށްގެންނެވެ. 

މެޗުގެ ފުރަތަމަ ގޯލު ފަސް ވަނަ މިނެޓުގައި ޖެހީ ހިންނަވަރުގެ އަހުމަދު އަޝްރަފެވެ. އެކަމަކު ނައިފަރުން ވަނީ ފުރަތަމަ ހާފު ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު އަތުވާން އަލީ އެވެ. 

ހިންނަވަރު މޮޅުވި ގޯލު ދެ ވަަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ޖެހި އަޝްރަފެވެ. 

މުބާރާތުގައި ޅ. އަތޮޅުން ވާދަކުރީ ވެސް ހިންނަވަރާއި ނައިފަރު އެކަންޏެވެ. 

https://fahuminet.com/tournaments/fam-lh-atoll-futsal-championship

ޅ. އަތޮޅު ފައިނަލުގައި ވާދަކުރި ހިންނަވަރާއި ނައިފަރު ދެން ވާދަކުރާނީ ޒޯން ދޭއްގަ އެވެ. މި ޒޯނުގައި ދެން ހިމެނެނީ ނ. އަތޮޅުގެ ޗެމްޕިއަން މަގޫދޫ އާއި މަނަދޫގެ އިތުރުން ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުއްޓާއި ތުޅާދޫ އަދި ރ. އަތޮޅުގެ ޗެމްޕިއަން ދުވާފަރާއި އިނގުރައިދޫ އެވެ. 

އެފްއޭއެމް ފުޓްސަލްގެ އަތޮޅު ބުރުގެ މެޗުތައް މިހާރު ކުރިއަށްދާއިރު މާދަމާ ފ. އަތޮޅުގެ ކުޅުން ފަށާނެ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Predict
Settings