ފުރަތަމަ ސަފްޙާ / ޚަބަރު / އިނގުރައިދޫ ބަލިކޮށް ރ. އަތޮޅުގެ ތަށި ދުވާފަރަށް ގެންގޮސްފި
އިނގުރައިދޫ ބަލިކޮށް ރ. އަތޮޅުގެ ތަށި ދުވާފަރަށް ގެންގޮސްފި
ދުވާފަރުން ރ. އަތޮޅު ފުޓްސަލްގެ ޗެމްޕިއަންކަން ހޯދުން. ފޮޓޯ: ކްލަބް މޯލްޑިވްސް

އިނގުރައިދޫ ބަލިކޮށް ރ. އަތޮޅުގެ ތަށި ދުވާފަރަށް ގެންގޮސްފި

ފަހުމިނެޓް
ފަހުމިނެޓް
23 ގަޑިއިރު ކުރިން 19 އޮގަސްޓް 2026

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރ. އަތޮޅުގެ ފައިނަލުގައި ވާދަވެރި އިނގުރައިދޫ 3-1 އިން ބަލިކޮށް ދުވާފަރުން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ. 

އިނގުރައިދޫގައި ކުޅުނު ފޯރިގަދަ މެޗު ބެލުމަށް ދެރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ގޮސްފަ އެވެ. 

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖެހީ ދުވާފަރުގެ ތަރި މުހައްމަދު އިސާމް (ޝަންޓޭ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިނގުރައިދޫ އިން ނަތީޖާ ހަމަހަމަކުރީ އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލުންނެވެ. 

ދެ ވަނަ ހާފުގައި ދުވާފަރުގެ ދެ ގޯލު ވެސް ޖެހީ އިބްރާހީމް އަނާން އަލީ އެވެ. އަނާން ފުރަތަމަ ގޯލު ޖެހީ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގަ އެވެ. ފަހު ގޯލު ޖެހި މެޗުގެ ފަހުމިނެޓުގަ އެވެ. 

ފައިނަލަށް ނުކުތްއިރު ވެސް މި ދެޓީމު އޮތީ ޒޯން ބުރަށް ކޮލިފައިވެފަ އެވެ. 

މިއަދު ކުޅުނު ފައިނަލުގެ ދުވާފަރުގެ ޝަންޓޭ ބޯޅަ ހިފައިގެން ދަނީ. ވާދަވެރި މެޗުން މިފަހަރު މޮޅުވީ ދުވާފަރު. ފޮޓޯ: ކްލަބް މޯލްޑިވްސް
މިއަދު ކުޅުނު ފައިނަލުގެ ދުވާފަރުގެ ޝަންޓޭ ބޯޅަ ހިފައިގެން ދަނީ. ވާދަވެރި މެޗުން މިފަހަރު މޮޅުވީ ދުވާފަރު. ފޮޓޯ: ކްލަބް މޯލްޑިވްސް

ޒޯން ދޭއްގައި ވާދަކުރާނީ ނ، ރ، ބ، އަދި ޅ އަތޮޅުގެ ފައިނަލުގައި ވާދަކުރި ޓީމުތަކެވެ. 

ބ. އަތޮޅުން ޒޯން ބުރުގައި ވާދަކުރާނީ އޭދަފުއްޓާއި ތުޅާދޫ އެވެ. ނ. އަތޮޅުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށް ޒޯން ބުރުން ފުރުސަތު ހޯދީ މަނަދޫ އާއި މަގޫދޫ އެވެ. ޅ. އަތޮޅުން މުބާރާތުގައި ބައިވެރިވީ ނައިފަރާއި ހިންނަވަރެވެ. 

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިހާތަނަށް ތިން އަތޮޅެއްގެ ޗެމްޕިއަންކަން ވަނީ ކަށަވަރުވެފަ އެވެ. އެއީ ރ. އަތޮޅުގެ އިތުރުން ބ. އަތޮޅު އަދި ހއ. އަތޮޅެވެ. 

ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދިއިރު ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ އިހަވަންދޫ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
5
Upcoming
Predict
Settings