ފުރަތަމަ ސަފްޙާ / ޚަބަރު / ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް މިއަދު ފަށަނީ
ފަހުމިނެޓް

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް މިއަދު ފަށަނީ

އެޑްމިން
އެޑްމިން
1 ހަފްތާ ކުރިން 10 ފެބްރުއަރީ 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

ޖުމްލަ ހަ ކްލަބަކުން މި މުބާރާތުގައި ވާދަކުރާއިރު އޭގެ ތެރެއިން ހަތަރު ކްލަބަކީ ދާދި ފަހުން ނިމުނު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކެވެ. ދިވެހި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނީ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބާއި، އޮޑި ސްޕޯޓްސް ކްލަބާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިތުރުން ބުރު ސްޕޯޓްސް ކްލަބެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ހިމެނޭ އަނެއް ދެ ކްލަބުން މުބާރާތުގެ ފަހު ދެ ޖާގަ ކަށަވަރުކުރީ ދިވެހި ޕްރިމިއާ ލީގުގެ ފަސްވަނައިން ފެށިގެން އަށްވަނައަށް ދިޔަ ކްލަބްތައް ޕްލޭ އޮފް މެޗެއްގައި ވާދަކޮށްގެންނެވެ.

ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސްއާ ވާދަކޮށް 0-6 އިން މޮޅުވެގެން ޕްރެޒިޑެންޓްސްގެ ފަސް ވަނަ ޖާގަ ކަށަވަރުކުރީ ކްލަބް އީގަލްސް އިންނެވެ. މުބާރާތުގެ ފަހު ޖާގަ ޕްލޭ އޮފްގެ ދެވަނަ މެޗުގައި ޓީސީއާ ވާދަކޮށް 0-2 އިން ކުރި ހޯދައިގެން ކަށަވަރުކުރީ ވިކްޓްރީ ސްޕޯޓްސް ކްލަބުންނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ އާއި ބުރު ސްޕޯޓްސް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ފޯމެޓް އެކުލަވާލައިފައި އޮތް ގޮތުން ކޮންމެ ގްރޫޕަކުންވެސް އެންމެ އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމް ކްރޮސްކޮށް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނެ އެވެ. މުބާރާތުގައި ވާދަކުރާ ހަ ކްލަބް ދެ ގްރޫޕަކަށް ބަހާލިއިރު ގްރޫޕް އޭގައި ހިމެނެނީ މާޒިޔާ އާއި ބުރު ސްޕޯޓްސްގެ އިތުރުން ވިކްޓްރީ އެވެ. ގްރޫޕް ބީގައި ހިމެނެނީ އޮޑި ސްޕޯޓްސްއާއި ނިއުރޭޑިއަންޓްގެ އިތުރުން އީގަލްސް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!