ފުރަތަމަ ސަފްޙާ / ޚަބަރު / މުހިއްމު މެޗުގައި އީގަލްސް އަތުން އޮޑި ބަލިވެއްޖެ
ފަހުމިނެޓް

މުހިއްމު މެޗުގައި އީގަލްސް އަތުން އޮޑި ބަލިވެއްޖެ

އެޑްމިން
އެޑްމިން
1 މަސް ކުރިން 27 ޑިސެމްބަރު 2025

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މުހިއްމު މެޗުން އޮޑި ސްޕޯޓްސް ކްލަބް ބަލިވެއްޖެ އެވެ.

ރޭގެ މެޗުން މޮޅުވެގެން އޮޑި އަށް، އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްލެވުނީހެވެ. އެކަމަކު އެޓީމު ބަލިވުމާއެކު މާޒިޔާއާ އޮޑިއާ ދެމެދު 6 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ގަލޮޑު ދަނޑުގައި ރޭ ކުޅުނު މެޗު އީގަލްސް ކާމިޔާބުކުރީ 0-2 އިންނެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 12 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮޑި އަށް 12 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އޮޑި އަތުން މޮޅުވި އީގަލްސް އޮތީ 12 މެޗުން ހޯދި 16 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

ރޭގެ މެޗުގައި އީގަލްސްގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ޒައިން ޒަފަރު އެވެ. އޮޑި އަށް ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ސިއެރަ ލިއޯންގެ މިޑްފީލްޑަރު އިބްރާހީމް ލެބީ އެވެ.

ލީގުގެ ދެ ވަނަ ބުރުގެ ކުޅުން މިހާރު ކުރިއަށްދާއިރު، ދެ ވަނަ ބުރުގެ ފުރަތަމަ ދެ މެޗުން އީގަލްސް ވަނީ ބަލިވެފައެވެ. އޮޑި އަތުން އެޓީމަށް ލިބުނީ ކުރިއަށްދާން މުހިއްމު މޮޅެކެވެ.

މި ސީޒަނުގެ ލީގުގެ ފުލަށް ދާ ދެ ޓީމު އޮޓަމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމު ކުޅޭނީ ކޮލިފައިން ބުރެވެ. އެ ބުރުގައި ދެން ވާދަކުރާނީ ބާކީ ޒޯން ތަކުން ޗެމްޕިއަންކަން ހޯދާ ހަތަރު ޓީމެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!