ފުރަތަމަ ސަފްޙާ / ޚަބަރު / ބޯޅަ ދަނީ ފުންމަމުންދާ މުސަޅެއްހެން: އެންރީކޭ

ބޯޅަ ދަނީ ފުންމަމުންދާ މުސަޅެއްހެން: އެންރީކޭ

އެޑްމިން
އެޑްމިން
7 މަސް ކުރިން 25 ޖޫން 2025

ފީފާ ކްލަބް ވޯލްޑް ކަޕް ކުޅޭ އެމެރިކާގެ ދަނޑުތަކުގައި ބޯޅަ ދަނީ “ފުންމަމުންދާ މުސަޅެއްހެން” ކަމަށް ބުނެ، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެމެރިކާގައި ކުރިއަށްދާ މުބާރާތުގެ ކްލަބް ވޯލްޑް ކަޕްގެ ދަނޑުތަކަށް އެންރީކޭ ފާޑުކީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕީއެސްޖީން އެމެރިކާގެ ސީޓެލް ސައުންޑާސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ.

އެ މެޗު ކުޅުނީ ސައުންޑާސްގެ ދަނޑު ލުމެން ފީލްޑްގަ އެވެ. ކުރިން އާޓިފިޝަލް ވިނަގަނޑެއް އޮންނަ އެ ދަނޑުގެ ވިނަގަނޑު ކްލަބް ވޯލްޑް ކަޕަށް ވަނީ ބަދަލުކޮށްފައެވެ.

އެންރީކޭ ބުނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މުބާރާތުގެ ގޮތުގައި ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް، މެޗުތައް ކުޅޭ ދަނޑާއި ޓްރެއިނިން ދަނޑުތައް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

“އަހަރެންނަށް މުހިއްމީ ކުޅޭ ދަނޑުގެ ހާލަތު. ބޯޅަ ފުންމަމުން ދަނީ މުސަޅެއް ފުންމާހެން” 0-2 އިން ސައުންޑާސް ބަލިކޮށް ގްރޫޕުގެ އެއްވަނަ ކަށަވަރު ކުރި މެޗަށް ފަހު އެންރީކޭ ބުންޏެވެ.

އެންރީކޭގެ ކޯޗުކަމުގައި ޕީއެސްޖީއިން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ފުރަތަމަ ފަހަރަށް 32 ޓީމާއެކު ބާއްވާ ކްލަބް ވޯލްޑް ކަޕަށް އެޓީމު ނުކުތީ، ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެވެ. މިފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ވެސް ޕީއެސްޖީ ހިމެނެނީ ފޭވަރިޓުންގެ ތެރޭގައެވެ.

އެންރީކޭ ބުނީ މުބާރާތުގައި އެޓީމަށް ކުރިއަށްދާން އެމެރިކާގައި ކުޅޭ ދަނޑުތަކަށް ހޭނެން ޖެހޭނެ ކަމަށެވެ.

“ޔޫރަޕްގެ ދަނޑުތަކާ ވަރަށް ތަފާތު. ދަނޑުގެ ވިނަގަނޑު ތަފާތު. އަހަރެމެންގެ ސްޓައިލްގަ ކުޅެން އެހާ ފަސޭހައެއްނޫން. އެކަމަކު މި ދަނޑުތަކަށް އަހަރެމެން ހޭނިއްޖެ. އެއީ އުފަލެއް” އެންރީކޭ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!