DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ށ. ގޮއިދޫ ފުޓްސަލް: ޔުނީކް ބޯއީޒް އާއި އެމްޓީ ސްޕޯޓްސް އަށް ފުރަތަމަ މޮޅު

ށ. ގޮއިދޫ ފުޓްސަލް: ޔުނީކް ބޯއީޒް އާއި އެމްޓީ ސްޕޯޓްސް އަށް ފުރަތަމަ މޮޅު

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 20 ޖޫން 2024

ށ. ގޮއިދޫ ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން އެފްސީ ޔުނީކް ބޯއީޒް އާއި އެމްޓީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ޔުނީކް ބޯއީޒް ވަނީ 2-5 އިން ކައްކަކަކޯ ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނީކް ބޯއީޒްގެ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

ދެ ވަނަ މެޗުގައި އެމްޓީ ސްޕޯޓްސް ކްލަބް ވަނީ 1-4 އިން އެފްޓީ ކިންގްސް ބަލިކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްޓީ ސްޕޯޓްސްގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ.

ޔުނީކް ބޯއީޒް ވަނީ މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި އެމްޓީ ސްޕޯޓްސް ބަލިކޮށްފަ އެވެ. އެކަމަކު މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން އެ ދެޓީމު ވެސް ބަލިވީ އެވެ. ދެ ވަނަ މެޗުގައި އެ ދެޓީމު ވާދަކޮށް 3-3 އިން ވަނީ އެއްވަރުވެފަ އެވެ. ރޭގެ މޮޅަކީ މުބާރާތުގައި ދެޓީމަށް ވެސް ލިބުނު ފުރަތަމަ މޮޅެވެ.

image

ރޭގެ މެޗުތަކަށް ފަހު ފަސް ޓީމު ވާދަކުރާ ލީގު ބުރުގެ އެއް ވަނައިގައި އޮތީ 6 ޕޮއިންޓް ހޯދާފައިވާ ކެލިފޯނިއާ ސްޕޯޓްސް ކްލަބެވެ. އެޓީމު ވަނީ ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. ދެ ވަނައިގައި އޮތް ޔުނީކް ބޯއީޒް އާއި ތިން ވަނައިގައި އޮތް އެމްޓީ ސްޕޯޓްސް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެމްޓީ ސްޕޯޓްސް ތިން ވަނައިގައި އޮތީ ގެއްލުން ގޯލެއް އޮތުމުންނެވެ.

ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ކައްކަކަކޯ އެވެ. ފުލުގައި އޮތް އެފްޓީ ކިންގްސް އަށް އަދި ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.

މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކެލިފޯނިއާ އާއި އެމްޓީ ސްޕޯޓްސް އެވެ. ދެ ވަނަ މެޗުގައި އެފްޓީ ކިންގްސް ނުކުންނާނީ ކައްކަކަކޯއާ ދެކޮޅަށެވެ. ފުރަތަމަ މެޗު 8:30 ގައި ކުޅޭއިރު ދެ ވަނަ މެޗު ކުޅޭނީ 9:30 ގަ އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings