DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ށ. ގޮއިދޫ ފުޓްސަލް: ކެލިފޯނިއާ ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ށ. ގޮއިދޫ ފުޓްސަލް: ކެލިފޯނިއާ ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 19 ޖޫން 2024

ށ. ގޮއިދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގެ ދެ ވަނަ މެޗުން ވެސް ކެލިފޯނިއާ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

މުބާރާތުގައި ގޮއިދޫގެ ފަސް ޓީމު ވާދަކުރާއިރު ކެލިފޯނިއާ ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. މުބާރާތުގައި ރޭ ކުޅުނު މެޗުގައި ކެލިފޯނިއާ ވަނީ 0-2 އިން ކިންގްސް ފުޓްބޯޅަ ޓީމު ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި އެފްސީ ޔުނީކް ބޯއީޒްއާ ވާދަކޮށް ކެލިފޯނިއާ 1-4 އިން މޮޅުވި އެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކެލިފޯނިއާގެ މުހައްމަދު އިޒާން އެވެ.

ލީގު ބުރުގައި ކެލިފޯނިއާ އަށް ބާކީ އޮތީ އެމްޓީ ސްޕޯޓްސް ކްލަބާއި ކައްކަކަކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

ފައިނަލުގެ ސީދާ ޖާގައެއް ލިބޭނީ ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުވާނީ ލީގު ބުރުގެ ދެ ވަނަ އަދި ތިން ވަނަ ޓީމު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

image

ރޭ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި އެފްސީ ޔުނީކް ބޯއީޒް އާއި އެމްޓީ ސްޕޯޓްސް ކްލަބެވެ. އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެ ދެޓީމު ދެ މެޗު ކުޅުނުއިރު އަދި މޮޅެއް ލިބިފައެއްނުވެ އެވެ. އެހެންވެ ސެމީ ފައިނަލުގެ ޖާގަ ހޯދަން އެ ދެޓީމު ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުނީކް ބޯއީޒްގެ އަހުމަދު ހަލީމް އެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. މިރޭ 8:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ކައްކަކަކާއޯ އާއި ޔުނީކް ބޯއީޒް އެވެ. ފަހު މެޗުގައި ވާދަކުރާނީ އެފްޓީ ކިންގްސް އާއި އެމްޓީ ސްޕޯޓްސް ކްލަބެވެ. އެ މެޗު ފަށާނީ ރޭގަނޑު 9:30 ގަ އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings