DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ށ. ގޮއިދޫ ފުޓްސަލް: ފުރަތަމަ މެޗުތަކުން ކައްކަކަކޯ އާއި ކެލިފޯނިއާ މޮޅުވެއްޖެ

ށ. ގޮއިދޫ ފުޓްސަލް: ފުރަތަމަ މެޗުތަކުން ކައްކަކަކޯ އާއި ކެލިފޯނިއާ މޮޅުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 18 ޖޫން 2024

ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކުރާ ކައުންސިލް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުތަކުން ކައްކަކަކޯ އާއި ކެލިފޯނިއާ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

މުބާރާތުގައި ފަސް ޓީމު ވާދަކުރާއިރު އެންމެ ފުރަތަމަ ކުޅެނީ ލީގު ބުރެކެވެ. އެންމެ ކުރި ހޯދާ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ އަދި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ..

ރޭގެ ފުރަތަމަ މެޗުގައި ކައްކަކަކޯ ވަނީ އެމްޓީ ސްޕޯޓްސް ކްލަބް 5-1 އިން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކައްކަކަކޯ ޓީމުގެ ހުސައިން މައިޝާން އެވެ.

ދެ ވަނަ މެޗުގައި ކެލިފޯނިއާ ސްޕޯޓްސް ކްލަބް ވަނީ 1-4 އިން އެފްސީ ޔުނީކް ބޯއީޒް ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުހައްމަދު ހުޝާމް އެވެ.

ރޭގެ ފުރަތަމަ މެޗުތަކުން ބަލިވީ މިދިޔަ އަހަރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އެމްޓީ ސްޕޯޓްސް ކްލަބް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޔުނީކް ބޯއީޒް އެވެ.

image

މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. މިރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެފްޓީ ކިންގްސް އާއި ކެލިފޯނިއާ ސްޕޯޓްސް ކްލަބެވެ. މިއީ އެފްޓީ ކުޅޭ ފުރަތަމަ މެޗެވެ.

މިރޭ 9:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނީކް ބޯއީޒް އާއި އެމްޓީ ސްޕޯޓްސް ކްލަބެވެ.

ގޮއިދޫ ކައުންސިލުން 2015 ވަނަ އަހަރުން ފެށިގެން އިންތިޒާމުކުރަމުން އަންނަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާ ދޭނެ އެވެ.

ކޮމެންޓްސް

Matches
7
Ongoing
1
Upcoming
Predict
Settings