Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ސަޗިންގެ ފަހަތުން ދަރިފުޅު ވެސް ގައުމީ ޓީމުގައި

ސަޗިންގެ ފަހަތުން ދަރިފުޅު ވެސް ގައުމީ ޓީމުގައި

ފަހުމިނެޓް
ފަހުމިނެޓް
7 އަހަރު ކުރިން 8 ޖުލައި 2018

އިންޑިޔާގެ ކުރިކެޓް ލެޖެޑް ސަޗިން ޓެންޑުލްކަރ ގެ ހަމައެކަނި ފިރިހެން ދަރިފުޅު، އަރުޖުން ޓެންޑުލްކަރ އިންޑިޔާގެ 19 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމުގައި ހިމެނިއްޖެއެވެ.

ބައްޕަ ސަޗިންއަކީ ކުޅަދާނަ ބެޓްސްމަނެއް ނަމަވެސް އަރުޖުން އަކީ އުކުންތެރިއެކެވެ.

18 އަހަރުގެ އަރުޖުން ބުނާގޮތުގައި އޭނާ އުކުންތެރިއަކަށް ވާން ނިންމީ ހެދިބޮޑުވަމުން އަންނަ ގޮތަށް ބަލައި، ބައްޕައަށްވުރެ ހިކިވެފައި ދިގުވީމައެވެ. އަދި އިންޑިޔާގައި ފާސްޓް ބޯލަރުން މަދުވުމާއެކު، ކުޑައިރުއްސުރެންވެސް ފާސްޓް ބޯލިންގް އަށް ޝައުގުވެރިކަން ހުންނަކަމަށް ވެސް އަރުޖުން ބުނެފައި ވެއެވެ.

ބައްޕަގެ ފަރާތުން އެއްވެސް ވަރަކަށް ކުރިކެޓް ކުޅުމަށް ބާރުއަޅާތޯ ކުރި ސުވާލަކަށް ޖަވާބުދެމުން އަރުޖުން ބުނީ، ކުރިއަށް ދިޔުމަށް ބައްޕަގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށާއި އެއްވެސް ވަރަކަށް އެއްވެސް ކަމެއްގައި މަޖުބޫރުކޮށް ނަހަދާކަމަށެވެ.

އަރުޖުންގެ ފާސްޓް ބޯލިންގެ ހުނަރަށް އިންޑިޔާގެ ކުރިކެޓް ތަޖުރިބާކާރުންގެ ތައުރީފް ވެސް ދަނީ ވަރަށްބޮޑަށް ލިބެމުންނެވެ.

ކޮމެންޓްސް

Matches
2
Ongoing
Upcoming
Settings