ފުރަތަމަ ސަފްޙާ / ޚަބަރު / އެމްބާޕޭ ފަހު ވަގުތު ޖެހި ގޯލުން ޕީއެސްޖީ 16 ޕޮއިންޓް އުހަށް

އެމްބާޕޭ ފަހު ވަގުތު ޖެހި ގޯލުން ޕީއެސްޖީ 16 ޕޮއިންޓް އުހަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 12 ފެބްރުއަރީ 2022

ފްރެންޗް ލީގުގައި ރޭ ކިލިއަން އެމްބާޕޭ ފަހު ވަގުތު ޖެހި ގޯލާ އެކު 0-1 އިން ރެންސް ބަލިކޮށް ޕީއެސްޖީ އިން ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ފުރަތަމަ ހާފުގައި އެމްބާޕޭ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ދެ ވަނަ ހާފުގައި އެމްބާޕޭ ގޯލަށް ވައްދާލި ބޯޅައެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. މެޗު އެއްވަރުވާން ދަނިކޮށް އެމްބާޕޭ ޕީއެސްޖީ މޮޅުކޮށްދިން ލަނޑު 93 ވަނަ މިނެޓުގައި ޖެހީ ލިއޮނަލް މެސީގެ އެހީތެރިކަމާ އެކު އެވެ.

ލީގުގައި މި ސީޒަނުގައި ކުޅުނު 24 މެޗުގެ ތެރެއިން ޕީއެސްޖީން ވަނީ 18 މެޗުން މޮޅުވެފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ.

ޕީއެސްޖީ އެއް ވަނައިގައި އޮތީ 24 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 23 މެޗުން 43 ޕޮއިންޓް ލިބިފައިވާ މާސޭ އެވެ. ތިން ވަނައިގައި އޮތް ނީސް އަށް 23 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ސްޓްރޯސްބާގަށް 23 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު ޕީއެސްޖީ އަތުން ބަލިވި ރެންސް އަށް 24 މެޗުން ލިބިފައިވާ 37 ޕޮއިންޓާ އެކު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިލް 32 ޕޮއިންޓާ އެކު އޮތީ 11 ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!