ފުރަތަމަ ސަފްޙާ / ޚަބަރު / ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު މެޑަލް ޓޭބަލްގެ ކުރިއަށް ޗައިނާ އަރައިފި

ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު މެޑަލް ޓޭބަލްގެ ކުރިއަށް ޗައިނާ އަރައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 30 ޖުލައި 2021

ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްފާ އޮލިމްޕިކް ގޭމްސްގައި ފެތުމާއި، ޓޭބަލް ޓެނިހުގެ އިވެންޓްތަކުން އިއްޔެ ހޯދި މެޑަލްތަކާއެކު، މެޑަލް ޓޭބަލްގެ އެއްވަނައިގައި ކުރިން އޮތް ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ޗައިނާ ކުރިއަށް އަރައިފި އެވެ.

އިއްޔެއާ ހަމައަށް ޗައިނާ އިން ޖުމްލަ 31 މެޑަލް ހޯދައިފައިވާއިރު ޖަ÷ަނަށް އިއްޔެއާ ހަމައަށް ހޯދިފައިވަނީ 25 މެޑަލެވެ. ޖަޕާނާއި، ޗައިނާއިން ހޯދައިފައިވާ ޖުމްލަ މެޑަލްގެ އަދަދުގައި ތަފާތު ހުއްޓަސް ދެ ގައުމަށްވެސް މިހާތަނަށް ހޯދިފައިވަނީ 15 ރަން މެޑަލެވެ.

ޗައިނާއިން އިއްޔެ ހޯދި ކާމިޔާބީތަކަށް ބަލާއިރު އެގައުމުގެ ފެތުންތެރިޔާ ޒިއާން ޔޫފީ ވަނީ 200 މީޓަރު ބަޓަފްލައި އިވެންޓްގައި އެމެރިކާގެ ދެ ފެތުންތެރިން ފަހަތަށް ޖައްސާލުމަށްފަހު ރަން މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން 200 މީޓަރު ފެތުމުގެ ރިލޭއިން ޗައިނާގެ އަންހެން ޓީމްވެސް ވަނީ ރަން މެޑަލް ހޯދައިފަ އެވެ. ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސް އިވެންޓުން ޗައިނާ އިއްޔެ ރަން މެޑަލް ހޯދިއިރު ފައިނަލްގައި ވާދަކޮށްފައިވަނީވެސް އެ ގައުމުގެ ދެ ކުޅުންތެރިންނެވެ.

މެޑަލް ޓޭބަލްގެ ތިންވަނައިގައި އޮތީ އެމެރިކާ އެވެ. ޖުމްލަ 38 މެޑަލް އެމެރިކާއިން ހޯދައިފައިވާއިރު އެ ގައުމަށް އިއްޔެއާ ހަމައަށް ހޯދިފައިވަނީ 14 ރަން މެޑަލެވެ. އެމެރިކާގެ ފަހަތުން ދެން މެޑަލް ޓޭބަލްގައި އޮތީ ރަޝިޔާ އާއި އޮސްޓްރޭލިއާ އެވެ. މި ދެގައުމަށްވެސް އިއްޔެއާ ހަމައަށް ހޯދިފައިވަނީ ޖުމްލަ 8 ރަން މެޑަލެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!