ފުރަތަމަ ސަފްޙާ / ޚަބަރު / ފަހު އިމްތިހާނުގެ ކުރިން ޕީއެސްޖީން ހިތްހަމަޖެހުން ހޯދައިފި

ފަހު އިމްތިހާނުގެ ކުރިން ޕީއެސްޖީން ހިތްހަމަޖެހުން ހޯދައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 20 މެއި 2021

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރާނެ ޓީމެއް ކަނޑައަޅާ މެޗުތައް ކުޅެން ޔިން ދުވަހަށްވެފައިވަނިކޮށް ރޭ ކުޅުނު ފްރެންޗް ކަޕްގެ ފައިނަލް މެޗު ކާމިޔާބުކޮށް ޕީއެސްޖީން ތަށި އުފުލާލައިފި އެވެ. ރޭ މޮނާކޯ އާ ވާދަކޮށް ޕީއެސްޖީން ކުޅުނު ފައިނަލް މެޗް އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ.

މިއީ ޕީއެސްޖީން މިވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އަދި މިއީ މި މުބާރާތް އެ ޓީމުން ކާމިޔާބުކުރި 14 ވަނަ ފަހަރެވެ. އަދި މިއީ މި ސީޒަންގައި ޮީއެސްޖީން އުފުލާލި ދެވަނަ ޓްރޮފީ އެވެ. ޕީއެސްޖީން ވަނީ މިއަހަރުގެ ޖެނުއަރީ މަހު ކުޅުނު ޓްރޮފީސް ޑި ޗެމްޕިއަން ވެސް ކާމިޔާބުކޮށްފަ އެވެ. މި މުބާރާތަކީ އެއް މެޗު ހިމެނޭ ގޮތުން ލީގު ޗެމްޕިއަނާއި، ފްރެންޗް ކަޕް ޗެމްޕިއަން ވާދަކުރާ މެޗެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކުރީ މައުރާ އިކާޑީ އެވެ. ދެވަނަ ގޯލް މެޗް ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ކިލިއަން އެމްބާޕޭ އެވެ ފ.

ފްރެންޗް ފުޓްބޯޅަ ލީގު ނިންމާ މެޗުތައް އަންނަ އާދީއްތަ ދުވަހު ކުޅޭއިރު ޓޭބަލްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑަކާއެކު އޮތީ ލިލް އެވެ.  ލީގުގެ އެންމެ ފަހު މެޗުގައި ޕީއެސްޖީން 16 ވަނައިގައި އޮތް ބްރެސްޓާއި  ވާދަކުރާއިރު ލިލް ނުކުންނާނީ ޓޭބަލްގެ މެދުތެރޭގައި އޮތް އޭންޖާސް އާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!