ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅަށް ނުކުޅުނަސް ހަޒާޑް ގައުމީ ޓީމަށް ނަގައިފި

މޮޅަށް ނުކުޅުނަސް ހަޒާޑް ގައުމީ ޓީމަށް ނަގައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 17 މެއި 2021

އަނިޔާގެ ސަބަބުން މި ސީޒަންގެ ބޮޑު ބައެއްގައި ކުޅުމާ ދުރުގައި ހުރި ރެއާލް މެޑްރިޑްގެ ވިންގާ އެޑެން ހަޒާޑް އަންނަ މަހު ފަށާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ބެލްޖިއަމްގެ ސްކޮޑްގައި ހިމަނައިފި އެވެ.

100 މިލިއަން ޔޫރޯ އަށް 2019 ވަނަ އަހަރު ޗެލްސީން ރެއާލް މެޑްރިޑަށް ހަޒާޑް ބަދަލުވި ފަހުން ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތާއިހުރެ އޭނާގެ އަސްލު ކުޅުން އަދި މިހާތަނަށް ވަނީ ދެއްކޭ ގޮތް ނުވެފަ އެވެ. އެންމެ ފަހުން ހަޒާޑްގެ ފަޔަށް ލިބުނު އަނިޔާ އިން ސަލާމަތްވެގެން ކުޅުމުގެ ތެރެއަށް އައިސްފައިވަނީ ދާދި ފަހުން ކަމަށްވީ ނަމަވެސް ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯ މުބާރާތަށް ނެގި ބެލްޖިއަމްގެ ފައިނަލް ސްކޮޑުން އެ ޓީމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ހަޒާޑަށް ފުރުސަތު ދީފަ އެވެ.

26 ކުޅުންތެރިން ހިމެނޭ ގޮތަށް ޝޯޓްލިސްޓްކޮށްފައިވާ ބެލްޖިއަމްގެ ސްކޮޑްގައި ހަޒާޑްގެ އިތުރުން އޭނާގެ ޓީމް މޭޓް އަދި ބެލްޖިއަމްގެ އެއް ނަންބަރު ގޯލްކީޕަރު ތިބާއު ކޯޓުއާ ހިމެނެ އެވެ. މީގެ އިތުރުން މިޓީމުން އިނގިރޭސި ޕްރިމިއަ ލީގުގައި ކުޅޭ ނުވަ ކުޅުންތެރިޔަކަށް ކޯޗު މާޓިނޭޒް ވަނީ ޖާގަ ދީފަ އެވެ. އޭގެ ތެރޭގައި މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ މެންޗެސްޓަ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާއި ލެސްޓަ ސިޓީ އަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިން ޔޫރީ ޓީލަމަންސް އެވެ. ބެލްޖިއަމްގެ ޓީމުގައި ހިމަނާފައިވާ ކުޅުންތެރިންގެ ތެރެއިން މިވަގުތު އެންމެ ރަގަޅު ފޯމެއްގައި ހުރި ކުޅުންތެރިއަކީ އިންޓަ މިލާންގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ އަކީ ބެލްޖިއަމްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާ އަށްވާއިރު މިފަހުރުގެ އިޓާލިއަން ލީގު އިންޓަ އަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ވެސް ލުކާކޫ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!