ފުރަތަމަ ސަފްޙާ / ޚަބަރު / ޓެންޓާއި ބިސްބުރު ސްޕޯޓްސް ކުޅުނު މެޗް އެއްވަރުވެއްޖެ

ޓެންޓާއި ބިސްބުރު ސްޕޯޓްސް ކުޅުނު މެޗް އެއްވަރުވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 27 އެޕްރީލް 2021

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު ގުރޫޕް 1ގެ ޓެންޓް ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެ އެވެ. މިމެޗް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗް މި ދެޓީމުންވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. މުބާރާތް ހުޅުވި މެޗުގައި ޓެންޓް ސްޕޯޓްސް ކުލަބުން ފަސޭހަކަމާއެކު 4-1 އިން ސީބީއެލް ސްޕޯޓްސް ބަލިކުރިއިރު، ބިސްބުރު ސްޕޯޓްސްއިން ވަނީ 2-1 އިން ތުޅާދޫ އެވެންޗާސް ބަލިކޮށްފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމު ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ބިސްބުރު ސްޕޯޓްސްގެ ޑިފެންޑަރ ހުސައިން ސަމީން އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު ޓެންޓް ސްޕޯޓްސް އަށް ލީޑު ލިބިގެންދިޔަ އެވެ. ސަމީން އަށް ވަނީ ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ވެސް ދައްކާފަ އެވެ.

ބިސްބުރު ސްޕޯޓްސް އަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ 72 ވަނަ މިނިޓުގައި މުހައްމަދު ފާރިޝް ހަސަނެވެ.

މިގުރޫޕުގައި ހިމެނޭ ސީބީއެލް ސްޕޯޓްސް އާއި ތުޅާދޫ އެވެންޗާސް ބައްދަލުކުރާ މެޗް އޮންނާނީ ހުކުރު ދުވަހުގެ ރެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 2 ގެ ވިލިމާލެ ޔުނައިޓެޑާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!