ފުރަތަމަ ސަފްޙާ / ޚަބަރު / ތިންވަނަ ޑިވިޝަން ފަށައިފި، ފުރަތަމަ މެޗް ޓެންޓް ސްޕޯޓްސް ކުލަބަށް

ތިންވަނަ ޑިވިޝަން ފަށައިފި، ފުރަތަމަ މެޗް ޓެންޓް ސްޕޯޓްސް ކުލަބަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 21 އެޕްރީލް 2021

މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ކުލަބް ބުލޫ ލެޕާޑް ސްޕޯޓްސް (ސީބީއެލް ސްޕޯޓްސް) އާ ދެކޮޅަށް ކުޅުނު މެޗުން ޓެންޓް ސްޕޯޓްސް ކުލަބް މޮޅުވެއްޖެ އެވެ. މާފަންނު ޓާފް ދަނޑުގައި ކުޅުނު މިމެޗުން ޓެންޓް ސްޕޯޓްސް މޮޅުވީ 4-1 އިންނެވެ.

ފަނަރަ ޓީމާއެކު ފެބްރުއަރީ މަހުގެ ކުރީކޮޅު ބާއްވަން ގުރުއަތު ނެގި ނަމަވެސް މިމުބާރާތް ކޮވިޑް-19 އާގުޅިގެން ފަސްކުރުމުން ގުރޫޕް ސީގައި ހިމެނުނު ލައިނޭޖް ސްޕޯޓްސް ކުލަބުން ވަނީ ނަން އަނބުރާ ނަގައިފަ އެވެ. އަދި ރޭ މިމުބާރާތް ފެށީ 14 ޓީމާއެކު އެވެ.

14 ޓީމާއެކު ތިން ވަނަ ޑިވިޝަން އަންނަ ހަފްތާގައި ފަށަނީ

ގުރޫޕް 1 ގެ މެޗް ޓެންޓް ސްޕޯޓްސް ކުލަބް ކާމިޔާބު ކުރިއިރު އެޓީމުން ވަނީ ރޭގެ މެޗުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ. އޭގެ ތެރޭގައި ކުރީގެ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)ގެ ޑިފެންޑަރ ޢަބްދުﷲ ޒުބައިރާއި ވިކްޓަރީ އާއި ނިއުރޭޑިއަންޓަށް ކުޅުނު މިޑްފީލްޑަރ އާފިއު މުހައްމަދު ހާމިދުގެ އިތުރުން ޓީސީގެ ކުރީގެ ކެޕްޓަން ޔާމީން އިބްރާހީމް (ޓީސީ ޔާމްބެ) ފާހަގަ ކޮށްލެވެ އެވެ.

2021 3rd Division: Tent Sports Club wins the opening game, 4-1 against Club Blue Leopard Sports (CBL Sports)! pic.twitter.com/mRnyr85PSQ

— Fahuminet (@fahuminet) April 19, 2021

މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނިޓުގައި ޓެންޓް ސްޕޯޓްސް ކުލަބަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޑިފެންޑަރ އިބްރާހީމް ސަނޫނެވެ. އަދި ދެވަނަ ލަނޑު 29 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ޓީސީ ޔާމްބެ އެވެ. މި ދެގޯލާއެކު ފުރަތަމަ ހާފު ނިންމާލިއިރު ޓެންޓް ސްޕޯޓްސް ކުލަބުގެ ފޯވަޑް އަޒްމާން އަހުމަދު ވަނީ ދެވަނަ ހާފުގައި އެޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ސީބީއެލްގެ ހަމައެކަނި ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ 86 ވަނަ މިނިޓުގައި ކުޅެން އެރި ފޯވަޑް އަހުމަދު ފިރާޝް އެވެ.

މުބާރާތުގައި މިރޭ ބައްދަލުކުރާނީ ގުރޫޕް 2 ގެ ވިލިމާލޭ ޔުނައިޓެޑާއި ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ. މާފަންނު 1 ނަންބަރު ޓާފްގައި ކުޅޭ މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 10 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!