ފުރަތަމަ ސަފްޙާ / ޚަބަރު / ފަސޭހަ ކަމާއެކު އޭސީ މިލާން ބަލިކޮށް އިންޓަ އިން ލީޑް ފުޅާކޮށްފި

ފަސޭހަ ކަމާއެކު އޭސީ މިލާން ބަލިކޮށް އިންޓަ އިން ލީޑް ފުޅާކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 21 ފެބްރުއަރީ 2021

އިޓާލިއަން ލީގުގައި މިރޭ މިލާންގެ އެންމެ ބޮޑު ދެބާރު ބައްދަލުކުރި މެޗު އިންޓަ މިލާނުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.  ލީގުގެ އެއްވަނައިގައި އޮތް އިންޓަ މިލާނުން މިރޭގެ މެޗުގައި ދެވަނައިގައި އޮތް އޭސީ މިލާނުގެ މައްޗަށް ކުރި ހޯދީ 0-3 އިންނެވެ.

މިއީ 2011 ވަނަ އަހަރުގެ ފަހުން އިޓާލިއަން ލީގުގެ އެއްވަނަ އަދި ދެވަނައިގައި އިންޓަ މިލާނާއި އޭސީ މިލާން އޮވެ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. 2011 ވަނަ އަހަރުގެ އޭޕްރީލް މަހު މި ދެޓީމު ބައްދަލުކުރި މެޗު 0-3 އިން އޭސީ މިލާން ކާމިޔާބުކުރި އިރު އެފަހަރު ލީގު ކާމިޔާބުކުރީ ވެސް އޭސީ މިލާނެވެ. އެހެންކަމުން އޭގެ ދިހަ އަހަރު ފަހުން ހަމަ އެ ހާލަތުގައި ނަތީޖާ އަނެއްކޮޅަށް ނުކުތުމާއެކު އިންޓަ އަށް މިފަހަރުގެ ސީޒަން ކާމިޔާބުކުރެވިދާނެ ކަމުގެ ހީތައް މިވަނީ އިތުރުވެފަ އެވެ.

އޭސީ މިލާނާ ވާދަކޮށް މިރޭ ކުޅުނު މެޗުން އިންޓަ މިލާން މޮޅުވުމާއެކު އެ ޓީމަށް ޓޭބަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފަ އެވެ. މިރޭގެ މެޗުގައި އިންޓަ އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓްގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން ކާމިޔާބުކުރީ ލައުޓާރޯ މާޓިނޭޒް އެވެ. އިންޓަ ގެ ދެވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ކްރޮއޭޝިއާގެ އިވާން ޕެރެސިޗް ދިން ބޯޅައަކުން އަނެއްކާވެސް މާޓިނޭޒް ކާމިޔާބުކޮށްދިން އިރު އޭގެ ނުވަ މިނެޓް ފަހުން ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ މި ސީޒަންގައި ރަގަޅު ފޯމެއްގައި ހުރި ލުކާކޫ އެވެ.

  1. މިރޭގެ މެޗުގައި އޭސީ މިލާންގެ ތަޖުރިބާކާރު ފޯވާޑް އުމުރުން 39 އަހަރުގެ ޒަލަޓަން އިބްރަހިމޮވިޗް އަށް ލަނޑު ޖަހަން ރަގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވިއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!