Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އޭސީ މިލާނުގެ ކޯޗުވެސް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

އޭސީ މިލާނުގެ ކޯޗުވެސް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
5 އަހަރު ކުރިން 14 ނޮވެމްބަރު 2020

އިޓަލީގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ އޭސީ މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އޭސީ މިލާނުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ޕިއޯލީ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ހުރީ އައިސޮލޭޝަންގަ އެވެ. އަދި މިއަދު ބާއްވަން ހަމަޖެހިފައި އޮތް ކްލަބްގެ ފަރިތަކުރުންތައް ވަނީ ކެންސަލްކޮށްފަ އެވެ. ޕިއޯލީ އަށް ކޯވިޑް ޖެހުނު ނަމަވެސް އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.

މިވަގުތު ޓޭބަލްގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑަކާ އެކު އޮތް އޭސީ މިލާނު ދެން އެންމެ އަވަހަށް ލީގުގައި ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ނަޕޯލީ އާ ދެކޮޅަށެވެ.

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings