ފުރަތަމަ ސަފްޙާ / ޚަބަރު / ކޯވިޑް ޖެހިފައި ހުރިކަން އެނގުނީ އެއް ހާފު ކުޅުނު ފަހުން

ކޯވިޑް ޖެހިފައި ހުރިކަން އެނގުނީ އެއް ހާފު ކުޅުނު ފަހުން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 ނޮވެމްބަރު 2020

ތުރުކީ އާ ވާދަކޮށް ރޭ 3-3 އިން ކްރޮއޭޝިއާ އެއްވަރުކުރި މެޗުގެ ފުރަތަމަ ހާފުގައި ކުޅެފައިވަނިކޮށް އެ ޓީމުގެ ކެޕްޓަން ޑޮމާގޯ ވިޑާ ކޯވިޑް 19 އަށް ޕޮޒިޓިވްވިކަން އެނގިއްޖެ އެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވިޑާ ދުވަސްކޮޅެއް ވަންދެން ތުރުކީގެ އިސްތަންބޫލްގައި އައިސޮލޭޝަންގައި މަޑުކުރާނެ ކަމަށެވެ. ގައުމީ ޓީމުގެ އެހެން ކުޅުންތެރިން ދާނީ ޔޫއެފާ ނޭޝަންސް ލީގުގައި އަންނަ ހޮނިހިރު ދުވަހު ކްރޮއޭޝިއާ ވާދަކުރަންޖެހޭ މެޗު ކުޅުމަށް ސްވިޑަން އަށެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކުޅުންތެރިން މި ހަފްތާގެ ތެރޭގައިވެސް ދެފަހަރު ކޯވިޑަށް ޓެސްޓްކޮށްފައިވެ އެވެ. ވިޑާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ހެނދުނު ނެގި ސާމްޕަލްގެ ނަތީޖާ އިންނެވެ. ވިޑާގެ ނަތީޖާ ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގެ އިންޓަވަލް ގަޑީގައި ލިބުނު އިރުވެސް 31 އަހަރުގެ އެ ކުޅުންތެރިޔާ ވަނީ ބަދަލުކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!