ޓްރާންސްފަރ ބާޒާރުން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިޔޯ ހޯދަން ބޭނުންވި ބައެއް ކުޅުނުންތެރިން ގަތުމަށް ކްލަބުން ދެކޮޅު ހަދައިފިއެވެ. މޮރީނިޔޯ ގެ ޝޮޕިންގ ލިސްޓްގައި ހިމެނޭ ބައެއް ކުޅުންތެރިން ހޯދަން ޔުނައިޓެޑުން އަޅާނުލި ސަބަބެއް ކަމަށް ބެލެވެނީ އޭނާ ހޯދަން ބޭނުންވި ބައެއް ކުޅުންތެރިންނާ ދޭތެރޭ ކްލަބަށް އިތުބާރު ނެތުމާއި، ކުރު މުއްދަތެއްގައި ފައިދާވާ ގޮތަށް އެތައް މިލިޔަނަކުން ހަރަދުކުރަން މޮރީނިޔޯއަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށްވެއެވެ. ޔޫރަޕްގެ ޓްރާންސްފަރ ބާޒާރު ބުރާސްފަތިދުވަހު ބަންދުވިއިރު ބާޒާރުގެ ކުރީކޮޅު ގެނައި ކުޅުންތެރިން ފިޔަވައި އިތުރު ކުޅުންތެރިއަކު ޔުނައިޓެޑަށް ނުގެނައުމުން މޮރީނިޔޯ ބޭނުންވާހާ ގޮތަކަށް އަމަލުކުރަން ކްލަބްގެ އިސްވެރިން މިހާރު ތިބީ ތައްޔާރަށް ނޫންކަން މިވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.
އިނގިރޭސި ބައެއް މީޑިޔާގެ ހަބަރުތައް ބުނާގޮތުގައި މޮރީނިޔޯގެ ލިސްޓުގައި ގިނައިން ތިބީ ޑިފެންޑަރުން ކަމަށާއި، ކްލަބްގެ އިސް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މިވަގުތު ކްލަބުގައި ތިބި ޑިފެންޑަރުންނާ އަޅާ ބަލާއިރު ތަފާތު މޮޅު ކުޅުމެއް ދެއްކިދާނެ ބަޔަކަށް ނުވެފައި އެއިން ކުޅުންތެރިއަކު ގަތުމަށް ހަތްދިހަ މިލިޔަނަށްވުރެ މަތިން ހަރަދުކުރަން ޖެހޭނެ ކަމަށް އެ ފަރާތްތަކަށް ގަބޫލުކުރެވުން އެއީ މޮރީނިޔޯ ބޭނުންވި ގޮތަށް ޓްރާންސްފަރ ގެ ކަންކަން ހަމަނުޖެހުނު ސަބަބެއް ކަމަށް ވެއެވެ.
މޮރީނިއޯ ޔުނައިޓެޑަށް ގެންނަން ބޭނުންވި އެއް ޑިފެންޑަރަކީ މިދިޔަ ވޯލްޑް ކަޕްގައި އިނގިރޭސި ޓީމުގައި މޮޅު ކުޅުމެއް ދެއްކީ ހެރީ މެގުއާ އެވެ. މެގުއާ ހޯދަން ޔުނައިޓެޑްގެ ވެރިން ޓޮޓެންހަމްއަށް ހުށަހެޅިކަމަށްވެސް ވެއެވެ. އެހެން ނަމަވެސް ޑިފެންޑަރެއް ގެންނަން ލިވަޕޫލުން މިދިޔަ ސީޒަންގައި ހެދި ރެކޯޑް އަދަދާ ގާތްކުރާ ވަރުގެ އަދަދެއް މެގުއާ އަށް ހުށަހަޅަންޖެހިދާނެހެން ހީވި ހިސާބުން ޔުނައިޓެޑްގެ ވެރިން އެކަން ހުއްޓާލީއެވެ.
މީގެ އިތުރުން ޓްރާންސްފަރ ބާޒާރު ނިމުމުގެ ކުރިން ޔުނައިޓެޑާ ގުޅޭނެކަމަށް އެންމެ ބޮޑަށް ބެލެވުނު ޓޮޓެންހަމްގެ ޓޮބީ އަލްޑަވީޑް ހޯދަން ޔުނައިޓެޑްގެ އިސް ފަރާތްތަކުން މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ވެއެވެ. ހަބަރުތައް ބުނާގޮތުގައި ޓޮބީގެ ޓްރާންސްފަރ އާ ގުޅޭގޮތުން ޓޮޓެންހަމްގެ ޗެއަރމަން ޑެނިއަލް ލެވީ އާއި ޔުނައިޓެޑްގެ ވައިސް ޗެއަރމަން އެޑްވުޑްވާޑް ވާހަކަ ދައްކައިފައިވަނީވެސް އެންމެ ފަހަރަކުއެވެ. އެ ފަހަރުވެސް އިސްވެ އެޑްވުޑްވާޑް އަށް ގުޅީ ލެވީ އެވެ. އެ ފަހަރު ދެކެވުނު ވާހަކައިގައި ޓޮބީގެ ބަދަލުގައި ޓޮޓެންހަމްއިން ޔުނައިޓެޑްގެ މާޝިއަލް ދޫކޮށްދޭން އެދުމުން ޓޮބީގެ ޓްރާންސްފަރ ގެ ވާހަކަ އިތުރަށް ކުރިއަށްގެންދަން އެޑްވުޑްވާޑް ބޭނުން ނުވީއެވެ. މޮރީނިޔޯއާއި މަޝިއަލްއާ ދޭތެރޭ މައްސަލަތަކެއް އުޅޭކަމަށް ބެލެވިފައިވީ ނަމަވެސް މާޝިއަލްއަކީ ކްލަބްގެ ވެރިންގެ މެދުގައި މަގްބޫލް ކުޅުންތެރިއެކެވެ.
މޮރީނިޔޯއަށް ޔުނައިޓެޑުން ކުރި އިތުބާރު ގެއްލުނީތަ؟
މި ލިޔުމާ ގުޅޭ
އެމެރިކާގެ ބިލިއަނަރަކު ޔުނައިޓެޑްގެ ހިއްސާ އަނެއްކާވެސް ގަނެފި
7 މަސް ކުރިންސަލާހް މޮޅު ކުޅެމެއް ދައްކައި ލިވަޕޫލްގެ ފެށުން ރަގަޅުކޮށްދީފި
5 އަހަރު ކުރިންއިނގިރޭސި ޕްރިމިއާ ލީގުގައި މިފަހަރު ވާގޮތް ބަލާލަން ބޭނުންވާނެ ފަސް ކަމެއް
5 އަހަރު ކުރިންޕްރިމިއަ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޑިއާސް ހޯދައިފި
5 އަހަރު ކުރިންކޮމެންޓްސް
# މަޤުބޫލު ލިޔުންތައް
ވާދަވެރިކަން އެއްފަރާތްކޮށް މަންޑޭ އަދާކުރީ ހައްގު އިހްތިރާމް
6 ދުވަސް ކުރިން
އުތުރުން ޒޯން 2 ގެ ސެމީ ފައިނަލް ތަރުތީބުވެއްޖެ
4 ދުވަސް ކުރިން
ދެ މެޗު ވެސް ނާކާމިޔާބުވެ މަޝްހޫރު އޭދަފުށި ކަޓައިފި
6 ދުވަސް ކުރިން
ތިން ޗެމްޕިއަނުން އެއް ގުރޫޕެއްގައި، އެފްއޭމް ޒޯން ފުޓްސަލް މިއަދު ފަށަނީ
1 ހަފްތާ ކުރިން
ވަރުގަދަ ރައްދެއް ދިން ތުޅާދޫ ބަލިކޮށް ހިންނަވަރު ސެމީ ފައިނަލަށް
4 ދުވަސް ކުރިން# ފަހުގެ ޚަބަރުތައް
މުޅިން އަލަށް ވާދަކޮށް ރ. ވެޓަރަންސް ފުޓްސަލް މުބާރާތް އުނގޫފާރުން ކާމިޔާބުކޮށްފި
9 ގަޑިއިރު ކުރިން
ސަޕޯޓަރުންނަށް ހަދިޔާއަކަށް ދޭން ބޭނުންވަނީ ތަށި: މީދޫ ކޯޗު
20 ގަޑިއިރު ކުރިން
ފުރަތަމަ ފަހަރަށް ފުޓްސަލްގެ ތައްޓެއް ހޯދަން، އުނގޫފާރު ޓީމު ވަރުގަދަ އަޒުމެއްގައި
1 ދުވަސް ކުރިން