ޗާޖްޑް މޯލްޑިވްސް އީދު ބައިބަލާ ޗެލެންޖު 1447 ގެ ފައިނަލަށް ބީޖީ ސްޕޯޓްސް އާއި ޒެޕޯ ސްޕޯޓްސް ދަތުރުކޮށްފި އެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލުން ބީޖީ އަދި ޒެޕޯ ޖާގަ ހޯދީ ރޭ އެ ދެ ޓީމުން ކުޅުނު ކުއާޓާ އަދި ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ ބައިބަލާ މުބާރާތުގައި ރޭ ކުޅެފައިވަނީ ކުއާޓާ ފައިނަލްގެ ހަތަރު މެޗާއި، ސެމީ ފައިނަލްގެ ދެ މެޗެވެ. މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ޒެޕޯ ސްޕޯޓްސް ކުއާޓާ ފައިނަލްގައި ވާދަކޮށްފައިވަނީ މުބާރާތުގައި ވަރުގަދަ ކުޅުމެއް ދެއްކި ކްލަބް ކާސިންޖީއާ އެވެ. މި މެޗު ސީދާ ދެގޭމުން ކާމިޔާބުކުރުމަށްފަހު ޒެޕޯއިން ސެމީ ފައިނަލްގައި ކުރިމަތިލީ އޮޑި ސްޕޯޓްސް ކްލަބާ އެވެ. ޒެޕޯއިން ސެމީގައި އޮޑި ބަލިކޮށްފައިވަނީ ގަދަ ހިފުމަކަށް ގޮސްގެންނެވެ.
https://www.facebook.com/permalink.php?story_fbid=pfbid08yhd39RyPZLLd7btmsHypXKm4133cmgJXg8GaL3KCmzmoiAHF4KDooWLvAgp22g9l&id=61572081944226&__cft__[0]=AZZFJXktGqUiX5DQOLwkrKBxu24YP4GaSlABlVEDjcO3m0C4kwqeOly5V9bhq5SiW9ZdLs1mzPS_-fIBWNPdIvurhJ3Mb__ACqM75nkTpT-gdlCsYd5gVnluC8uIwo5aII_RnUpS8PxfHN-QRu6KNwEPe9IpfZ3UgBOGpQKycik3eGIcFFwWEgw7ctcx-DzJb3ImzwXY4ZfNKKtJcEdnAvOg&__tn__=%2CO%2CP-R
މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ބައިބަލާ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރި ބީޖީ ސްޕޯޓްސް ކްލަބް ކުއާޓާ ފައިނަލްގައި ރޭ ވާދަކޮށްފައިވަނީ ބައިބަލާ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ކްލަބް ޒެފްރޯލްއާ އެވެ. މި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށް ބީޖީ އިން ސެމީ ފައިނަލްގައި ކުރިމަތިލީ ދަ ވުލްވްސް ސްޕޯޓްސް ކްލަބާއެވެ. ސެމީގެ ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗު ބީޖީއަށް ވެސް ކާމިޔާބުކުރެވުނީ ގަދަ ހިފުމަކަށް ގޮސްގެންނެވެ.
މީގެ އެތައްއަހަރެއް ކުރިން ފެށިގެން ބައިބަލާ އެސޯސިއޭޝަނުން ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދާ ދިމާކޮށް ކުރިއަށްގެންދާ ބައިބަލާ މުބާރާތުގައި މިފަހަރު 38 ޓީމުވާދަކޮށްފައިވެ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 9 ޖަހާއިރު އެވެ.
