Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އޭދަފުށި ފުޓްސަލް ކަޕްގެ ތަށި ތިން ވަނަ ފަހަރަށް އަފްރޯ އިން އުފުލާލައިފި
އޭދަފުށި ފުޓްސަލް ކަޕްގެ ތަށި ތިން ވަނަ ފަހަރަށް އަފްރޯ އިން އުފުލާލައިފި
އަފްރޯ އިން މުބާރާތުގެ ޗެމްޕިއަންކަން އުފުލާލަނީ. މިއީ އެޓީމުން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރު. ފޮޓޯ: އޭދަފުށި ކައުންސިލް

އޭދަފުށި ފުޓްސަލް ކަޕްގެ ތަށި ތިން ވަނަ ފަހަރަށް އަފްރޯ އިން އުފުލާލައިފި

ފަހުމިނެޓް
ފަހުމިނެޓް
14 ގަޑިއިރު ކުރިން 27 މާރޗް 2026

އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި، އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް އަފްރޯ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ. 

އަފްރޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 11-5 އިން އެއިޓީފޯ އެފްސީ ބަލިކޮށްގެންނެވެ. 

މެޗުގައި އަފްރޯއިން ޖެހި 11 ގޯލުގެ ތެރޭގައި ދެ ހެޓްރިކް ހިމެނުނެވެ. ހެޓްރިކް ހެދީ މުހައްމަދު ފާސިރު (ފާއްޓެ) އާއި އުނައިސް ޒުބައިރު އެވެ. އިޝާން އިބްރާހީމް (ސައްޓު) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އެޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހަމްދާން އަބްދުއްސައްތާރު އެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: އޭދަފުށި ކައުންސިލް
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: އޭދަފުށި ކައުންސިލް

އެއިޓީފޯގެ ފަސް ގޯލުގެ ތެރެއިން، ހުސައިން ޝިހުބާން އާއި މުހައްމަދު ހައްސާން އަހުމަދު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލަކީ އަފްރޯގެ ހަމްދާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ޗެމްޕިއަން އަފްރޯގެ ފާއްޓެ އާއި ސައްޓުގެ އިތުރުން، ކޭބަލް ބްރަދާސްގެ ހުސައިން ސުހައިލް (ސޮކޭ)، ރަނަރަޕް އެއިޓީފޯގެ ހައްސާން އަދި މުހައްމަދު އަޖުފާން އެވެ. 

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި އެއިޓީފޯގެ ސުއުބާން. ފޮޓޯ: އޭދަފުށި ކައުންސިލް
އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި އެއިޓީފޯގެ ސުއުބާން. ފޮޓޯ: އޭދަފުށި ކައުންސިލް

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ އެއިޓީފޯގެ ގޯލު ބެލެހެއްޓި ސުއުބާން އަބްދުއްރަޝީދެވެ. އެންމެ މޮޅު ކޯޗަކީ އަފްރޯއަށް ޗެމްޕިއަންކަން ހޯދައިދިން މުހައްމަދު ފުހެއިދެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ ވެލާ ސްޕޯޓްސް އަށް ކުޅުނު ޒުވާން ތަރި މުހައްމަދު އަޒްދާން ޝާކިރު އެވެ. 

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި އަޒްދާން. ފޮޓޯ: އޭދަފުށި ކައުންސިލް
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި އަޒްދާން. ފޮޓޯ: އޭދަފުށި ކައުންސިލް

ރަންބޫޓާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަފްރޯގެ ފާއްޓެ އެވެ. ފާއްޓެ ވަނީ މުބާރާތުގައި 15 ގޯލު ޖަހައިފަ އެވެ. 

މިއީ އަފްރޯ އިން އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. 2023 ވަނަ އަހަރު އެޓިމުން ތަށި އުފުލާލީ ފައިނަލުގައި އޯލް ވުލްވްސް ބަލިކޮށްގެންނެވެ. އޭގެފަހުން 2024 ވަނަ އަހަރު ސީސީ ސްޕޯޓްސްގެ މައްޗަށް ކާމިޔާބީ ހޯދި އެވެ. އެކަމަކު 2025 ވަނަ އަހަރު ފައިނަލުގައި ސީސީ އަތުން ބަލިވި އެވެ. މިއަހަރު އަނެއްކާވެސް ވަރުގަދަކޮށް ނުކުމެ އެޓީމުން މިވަނީ އޭދަފުށީ ފުޓްސަލްގެ ރަސްކަން އަލުން ހޯދައިފަ އެވެ. 

ކިންގުގެ މަގާމް ހޯދި ފާސިރު. މުބާރާތުގައި 15 ގޯލު ޖަހައިގެން ރަން ބޫޓު ވެސް ހާސިލްކުރި. ފޮޓޯ: އޭދަފުށި ކައުންސިލް
ކިންގުގެ މަގާމް ހޯދި ފާސިރު. މުބާރާތުގައި 15 ގޯލު ޖަހައިގެން ރަން ބޫޓު ވެސް ހާސިލްކުރި. ފޮޓޯ: އޭދަފުށި ކައުންސިލް

ފުޓްބޯޅަ އާއި ފުޓްބޯޅައިގައި ރާއްޖޭގެ އެންމެ މަގުބޫލު ރަށުގައި ބޭއްވި ފުޓްސަލް މުބާރާތުގައި 12 ޓީމަކުން ވާދަކޮށްފައިވެ އެވެ. 

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings