ފުރަތަމަ ސަފްޙާ / ޚަބަރު / ނިއު އިން އޮޑި ބަލިކޮށް މާޒިޔާއާ އެކު ފައިނަލަށް
ނިއު އިން އޮޑި ބަލިކޮށް މާޒިޔާއާ އެކު ފައިނަލަށް
ނިއު އިން އޮޑި ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ނިއު އިން އޮޑި ބަލިކޮށް މާޒިޔާއާ އެކު ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 7 އޮގަސްޓް 2026

ކަޕް ވިނާސް ކަޕްގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޮޑި ސްޕޯޓްސް ކްލަބް ބަލިކުރުމުން، ނިއު ރޭޑިއަންޓާ އެކު ފައިނަލުގެ އަނެއް ޖާގަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބިއްޖެ އެވެ. 

ނިއު އިން މިރޭ އޮޑި ބަލިކުރީ 3-5 އިންނެވެ. 

ހަތަރު ޓީމު ހިމެނޭ ކަޕް ވިނާސް ކަޕްގައި ކޮންމެ ޓީމަކުން މިހާތަނަށް ވަނީ ދެ މެޗު ކުޅެފަ އެވެ. ނިއު އާއި މާޒިޔާ އިން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު، ބުރު ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ. އެހެންވެ، ފަހު މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ފައިނަލުގެ ޖާގައަކަށް ބަދަލެއް ނާންނާނެ އެވެ. 

މިރޭގެ މެޗުގައި ނިއުގެ ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޮމޭސް ވަނީ ހެޓްރިކް ހަދައިފަ އެވެ. މިއީ އޭނާ ނިއުއާ ގުޅުމަށް ފަހު ކުޅުނު ތިން މެޗުގައި ޖެހި 8 ވަނަ ގޯލެވެ. ތަޖުރިބާކާރު ފޯވާޑަކީ މީގެކުރިން ވެސް ދެކުނު އޭޝިއާގައި ތަފާތު ދައްކާފައިވާ ކުޅުންތެރިއެކެވެ. 

ނިއު އަށް ދެން ގޯލުތައް ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ އީތަން އިބްރާހީމް ޒަކީ އާއި ޑިފެންޑަރު އަމްދާން އަލީ އެވެ. 

އޮޑި ސްޕޯޓްސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު އިބްރާހީމް ވަހީދު ހަސަން ޖެހިއިރު އަނެއް ގޯލު ޖެހީ މުހައްމަދު ސަޚާއު އެވެ. 

ކަޕް ވިނާސް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ކުޅޭނީ ހޮނިހިރު ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭނީ އޮޑި އާއި ބުރެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާ އާއި ނިއު ވާދަކުރާނެ އެވެ. 

https://fahuminet.com/tournaments/cup-winners-cup-2026

މާޒިޔާ އާއި ނިއު ވާދަކުރާ ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗު އޮންނާނީ އޮގަސްޓް 18 ވާ އަންގާރަ ދުވަހުގެ ރެ އެވެ. 

މި ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑްގައި ވެސް ވާދަކުރީ މާޒިޔާ އާއި ނިއު އެވެ. އެ މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދީ މާޒިޔާ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings