ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް މޯލްޑިވްސް އިން ބާއްވާ ހަތަރު މުބާރާތެއްގެ ގުރު ނަގައިފި
ކްލަބް މޯލްޑިވްސް އިން ބާއްވާ ހަތަރު މުބާރާތެއްގެ ގުރު ނަގައިފި
ކްލަބް މޯލްޑިވްސް މުބާރާތްތަކުގެ ގުރުނެގުން. ފޮޓޯ: ކްލަބް މޯލްޑިވްސް

ކްލަބް މޯލްޑިވްސް އިން ބާއްވާ ހަތަރު މުބާރާތެއްގެ ގުރު ނަގައިފި

ފަހުމިނެޓް
ފަހުމިނެޓް
14 ގަޑިއިރު ކުރިން 14 ޖޫން 2026

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ހަތަރު މުބާރާތެއްގެ ގުރު ނެގުން ރޭ ކުރިއަށްގެންގޮސްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެގްޒިބިޝަން ހޯލުގައި ކްލަބް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ގުރުނެގި ހަތަރު މުބާރާތުގެ ތެރޭގައި ހިމެނެނީ ކްލަބް މޯލްޑިވްސް ކަޕާއި، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގެ އިތުރުން އެއިޓީން ތާޓީ ކްލެސިކާއި އަދި ސެކްޓާ ލީގެވެ.

މި ހަތަރު މުބާރާތުގެ ތެރެއިން އެންމެ އަވަހަށް ފަށާ ގޮތަށް ހަމަޖެހިފައިވަނީ ކްލަބް މޯލްޑިވްސް ކަޕް ކްލަސިކެވެ. މި މަހުގެ 18 ވަނަ ދުވަހު ފަށާގޮތަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ޖުމްލަ 19 ޓީމަކުން ބައިވެރިވެފައިވާ އިރު ޓީމުތައް ބަހާލައިފައިވަނީ ހަތަރު ގްރޫޕަކަށެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުމުގެ ފުރުސަތު ނުލިބޭ އޮފީސްތަކާއި ކުންފުނިތަކުގެ ފިރިހެން ޓީމްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން އާއި،  ހުޅުމާލެ ހޮސްޕިޓަލް އަދި އޭޖީ އޮފީހަށް ނިސްބަތްވާ ބަންޑާރަ ކްލަބްގެ އިތުރުން ރައްޔިތުންގެ މަޖިލިސް އިދާރާއިން ނުކުންނަ ޕެމާ އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޓީމެވެ.

ގްރޫޕް ބީގައި ކްރިމިނަލް ކޯޓް، ޑީޖޭއޭ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ހެލްތު ރިކްރިއޭޝަން ކްލަބްގެ އިތުރުން މޯލްޑިވްސް ޑިޖިޓަލް ސަވިސްގެ ޓީމު ހިމެނޭއިރު ގްރޫޕް ސީގައި ހިމެނެނީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ބިނާރާ ގެ އިތުރުން ކްލަބް އެމްއެމްއޭ، ވިޒިޓް މޯލްޑިވްސް ކްލަބް، ތައުލީމީ ގުޅުން އަދި ޕީއެސްއެމް އެވެ. 

ހަތަރު ޓީމު ހިމެނޭ ހަމައެކަނި ގްރޫޕް ކަމަށްވާ ގްރޫޕް ޑީގައި ހިމެނެނީ  ކްލަބް ބީސީސީ އާއި ފިނޭންސް ރިކްރިއޭޝަން ކްލަބްގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގެ ޓީމާއި، އާޓްސް އެންޑް ހެރިޓޭޖް މިނިސްޓްރީއަށް ނިސްބަތްވާ  ދިވަރު ރިކްރިއޭޝަން ކްލަބެވެ.

ކްލަބް މޯލްޑިވްސްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ކްލަބް މޯލްޑިވްސް އިން ބާއްވާ އެންމެ ދުވަސްވީ މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް ގައި 17 ޓީމަކުން މިފަހަރު ވާދަކުރާއިރު ޓީމުތައް ބަހާލައިފައިވަނީ ހަތަރު ގްރޫޕަކަށެވެ.

މި މަހުގެ 21 ވަނަ ދުވަހު ފަށާ މި މުބާރާތުގެ ގްރޫޕް އޭ ގައި އެމްޕީއެލް، ސްޓެލްކޯގެ އިތުރުން  ކްލަބް ޓީޓީއެސް އަދި ޕޮލިސް ކްލަބް ހިމެނޭއިރު  ގްރޫޕް ބީގައި ހިމެނެނީ  އެމްއޭއޭސީއެލް އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން  ބީއެމްއެލް އާއި ކަސްޓަމްސް އެވެ. ގްރޫޕް ސީގައި މިދިޔަ އަހަރުގެ ރަނަރަޕް އެސްޓީއޯ އާއި އެމްޓީސީސީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި، އެފްއެސްއެމް ހިމެނޭއިރު ފަސް ޓީމުގެ މައްޗަށް އެކުލެވޭ ހަމައެކަނި ގްރޫޕް ކަމަށްވާ ގްރޫޕް ޑީގައި ހިމެނެނީ  އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ އާއި ވެމްކޯގެ އިތުރުން އެޗްޑީސީ އާއި ކްލަބް އިމިގްރޭޝަން އަދި  ފެން ކްލަބެވެ.

ކްލަބް މޯލްޑިވްސް އިން ކުރިއަށްގެންދާ އެއިޓީން ތާޓީ ކްލެސިކް މުބާރާތުގައި މިފަހަރު ޖުމްލަ ނުވަ ޓީމު ބައިވެރިވާއިރު ޓީމުތައް ބަހާލައިފައިވަނީ ދެ ގްރޫޕަކަށެވެ. ފަސް ޓީމުގެ މައްޗަށް އެކުލެވިފައިވާ ގްރޫޕް އޭ ގައި ހިމެނެނީ  ހެލްތު ރިކްރިއޭޝަން ކްލަބާއި، ޕްރިޒަން ކްލަބް އަދި އެސްޓީއޯގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް އަދި ސްޕޯޓްސް މިނިސްޓްރީ އެވެ. ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމަކީ އެމްއޭސީއެލް އާއި ސްޓެލްކޯގެ އިތުރުން ބީއެމްއެލް އަދި އެޗްޑީސީ އެވެ.

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ އެންމެ ފަހު މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސެކްޓާ ލީގުގައި ޖުމްލަ 20 ޓީމު ބައިވެރިވެފައިވާ އިރު ޓީމްތައް ބަހާލައިފައި ވަނީ ފަސް ގްރޫޕަކަށެވެ. ޕްރައިވެޓް ސެކްޓާގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް އަންނަ މަހުގެ 19 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސާފައިވާއިރު މިއީ މި މުބާރާތް ކުރިއަށްގެންދާ ދެވަނަ އަހަރެވެ.

ސެކްޓާ ލީގުގެ ގްރޫޕް އޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް، ޓީމް އެމްއޭޑަބްލިއުސީ، ވެލިގާ ހާޑްވެއާ އަދި ބިއޯންޑް ރިކްރިއޭޝަން ކްލަބް ހިމެނޭއިރު ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް މަގާމު ހޯދި ހޯކްސް އާއި ކްލަބް ލޯ ކަލްޗަރގެ އިތުރުން ހެޕީ މާކެޓް އަދި މާކޯ އާރްސީ އެވެ. ގްރޫޕް ސީގައި އެސްބީއައި އާއި ލިއޯ އެފްސީގެ އިތުރުން ބަރޮސް މޯލްޑިވްސް އާއި ކްލަބް އެޕޯލޯ ހިމެނޭ އިރު ގްރޫޕް ޑީގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް އާއި ސިލްވާ ސޭންޑްސްގެ އިތުރުން ޔޫރޯ މާކެޓިން އާއި އާރުއޯއެލް އެވެ. ގްރޫޕް އީ ގައި ހިމެނޭ އަތަރު ޓީމަކީ ކްލަބް އާރްސީސީ، ވިލާ،  މެޑްޓެކް އަދި މީޑިއާނެޓެވެ.  

 

 

 

 

 

 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings