ފުރަތަމަ ސަފްޙާ / ޚަބަރު / ފަހަތުން ދުވެ ބާސެލޯނާ އިން ރެއާލް މެޑްރިޑް އަތުލަނީ

ފަހަތުން ދުވެ ބާސެލޯނާ އިން ރެއާލް މެޑްރިޑް އަތުލަނީ

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 10 ފެބްރުއަރީ 2025

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި 4-1 އިން ސެވިއްޔާ ބަލިކޮށް އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓް ގާތަށް ބާސެލޯނާއިން ޖެހިލައިފި އެވެ.

ލީގުގައި ފަހަކަށް އައިސް ބާސެލޯނާ އޮތީ ދަށް ފޯމެއްގަ އެވެ. އެކަމަކު ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބު ކުރުމާއެކު، ބާސެލޯނާ މިހާރު އަނެއްކާވެސް އޮތީ ލީގު ރޭހުގެ އުއްމީދުގަ އެވެ.

ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 23 މެޗުން ލިބުނު 50 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ މެޑްރިޑް 49 ޕޮއިންޓުގައި އޮތްއިރު ބާސެލޯނާ އޮތީ 48 ޕޮއިންޓުގަ އެވެ. ހަތަރު ވަނައިގައި އޮތީ 44 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކް ބިލްބާއޯ އެވެ. ހުރިހާ ޓީމަކުން ވެސް ކުޅެފައިވަނީ 23 މެޗެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އާއި ފާމިން ލޮޕޭޒްގެ އިތުރުން ރަފީނިއާ އަދި އެރިކް ގާސިއާ އެވެ. ގޯލު ޖެހި ފާމިން ލޮޕޭޒް އަށް 62 ވަނަ މިނެޓުގައި ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ސެވިއްޔާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރުބެން ވާގަސް އެވެ.

ލީގުގައި ރެއާލް މެޑްރިޑް ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 1-1 އިން ވަނީ އެއްވަރުވެފަ އެވެ.

ބާސެލޯނާ އިން ލީގުގައި ދެން ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!