މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް މާޒިޔާ އިން ފެށުން ރަނގަޅުކޮށްފި އެވެ.
ވަރުގަދަ ސްކޮޑެއް އޮތް މާޒިޔާ އިން ވަނީ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ކްލަބް ވެލެންސިއާއާ ވާދަކޮށް ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ މޮޅުވީ 5-0 އިންނެވެ.
މިއަދުގެ މެޗު ފެށުމުގެ ކުރިން މިދިޔަ ސީޒަނުގައި މާޒިޔާ ކާމިޔާބުކުރި ލީގުގެ އައްޑަނަ އެޓީމާ ވަނީ ހަވާލުކޮށްފަ އެވެ. އައްޑަނަ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. މިދިޔަ ސީޒަނުގެ ލީގުގެ ތިން ވަނަ ބުރު ނުކުޅެން ނިންމައި ލީގު މެދުކަނޑާލީ ކޮވިޑާ ގުޅިގެންނެވެ. އެހެންވެ މިދިޔަ ސީޒަނުގައި މާޒިޔާ އަށް ލީގުގެ އައްޑަނަ ދެވޭގޮތެއްނުވި އެވެ.

މިދިޔަ ސީޒަނުގެ ލީގު އައްޑަނައާ މާޒިޔާ އިން ހަވާލުވަނީ. – ފޮޓޯ: މާޒިޔާ
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑްގެ އާލާސްކަންފުޅުގައި މިއަދު އަވަހާރަވުމުން އެކަމުގެ ހިތާމައިގައި މިއަދުގެ މެޗު ފެށުމުގެ ކުރިން ވަނީ ސްކޫތެއް ގެނެސްފަ އެވެ. އުމަރު ޒާހިރު އަކީ ކުރިން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ކުރައްވައި ރާއްޖޭގެ ކުޅިވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
މާޒިޔާއާ ދެކޮޅަށް ސަސް އިން މިއަދު ކުޅުނީ ޑިފެންސިވް ގޭމެކެވެ. މާޒިޔާ އަށް ލިބޭ ފުރުސަތުތައް ހުއްޓުވައި ސަސް އިން ދިޔައީ އެޓީމަށް ލިބޭ ބޯޅައިގައި ކައުންޓަ އެޓޭކް އުފައްދާށެވެ. މެޗުގެ ފުރަތަމަ 20 މިނެޓު މާޒިޔާ އަށް އެދެވޭ ހަމަލާއެއް އުފެއްދިފައެއްނުވެ އެވެ. އެކަމަކު ޖެހިގެން އައި މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ދިން ބޯޅަ، އޭރިޔާތެރޭ ހުހަށް ހުރެ ކޯނޭ ފޮނުވާލުމުން ދިޔައީ ގޯލުގެ ތިރީ ކަނާ ދިމާލުން ބޭރަށެވެ. ކޯނޭގެ ފުރުސަތަށް ފަހު މާޒިޔާގެ އިބްރާހީމް އައިސަމް ފޮނުވާލި ނުރައްކާތެރި ބޯޅައެއް ސަސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.
މާޒިޔާ އިން މެޗުގައި ލީޑު ނެގި ލަނޑު 28 ވަނަ މިނެޓުގައި ސަމޫހް އަލީ (ސަމުއްޓެ) ޖެހި ގޯލުންނެވެ. މިއީ އެޓީމުގެ މުހައްމަދު އުމެއިރު ނެގި ކޯނަރެއްގައި އަސަދުﷲ އަބްދުﷲގެ އެހީތެރިކަމާ އެކު ސަމުއްޓެ ޖެހި ލަނޑެވެ.

މާޒިޔާ އާއި ސަސް ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
ދެ ވަނަ ހާފުގައި ސަސް އިން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހިގެން ކުޅެ ފުރުސަތުތައް ތަނަވަސްކުރި އެވެ. ސަސް އަށް ގޯލު ޖަހަން މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ހުސް ފުރުސަތުގެ ބޭނުން ޔަސްފާދު ހަބީބް (މުލަކޭ) އަށް ބޭނުމެއް ނުކުރެވުނެވެ. އޭރިޔާ ތެރޭގައި ހުއްޓައި ހުސްކޮށް މުލަކޭ އަށް ލިބުނު ބޯޅަ ފޮނުވާލުމުން މާޒިޔާގެ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ މަތަކުރީ އެވެ. މާޒިޔާ އިން މެޗުގެ ދެ ވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖެހީ އަކްރަމް އަބްދުލްގަނީ (އަކޫ) އެވެ. އައިސަމް ނަގައިދިން ކޯނަރު އަކޫ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އިރުފާން އެވެ.
2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބާއްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދާނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެޓީމެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އިން 5-0 އިން ދަ ގްރާންޑޭ