ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ތަށި މިފަހަރުވެސް އެމްޕީއެލް އަށް

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ތަށި މިފަހަރުވެސް އެމްޕީއެލް އަށް

ފަހުމިނެޓް
ފަހުމިނެޓް
4 އަހަރު ކުރިން 19 ޑިސެމްބަރު 2021

ފައިނަލުގައި 7-4 އިން ކްލަބް ވެމްކޯ ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަނަށް ހާއްސަ 30/18 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެމްޕީއެލް އިން ހޯދައިފި އެވެ.

އެމްޕީއެލްގެ މި ކާމިޔާބީއާ އެކު އެޓީމު ވެފައިވަނީ ކްލަބް މޯލްޑިވްސް ކަޕްގެ މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހުގައި ފިރިހެން އަދި އަންހެން ޓީމަކަށް ވެސް ޖެހިޖެހިގެން ތިން ތަށި ކާމިޔާބު ކުރެވިފައެއްނުވެ އެވެ. 2010 ވަނަ އަހަރު ބާއްވަން ފެށި ކްލަބް މޯލްޑިވްސް ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދީ 2018، 2019 އަދި މި އަހަރު އެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ކުޅެފައެއްނުވެ އެވެ.

May be an image of 2 people, people playing football, people standing and grass
May be an image of 2 people, people playing football, people standing and grass

ރޭގެ މެޗު ފަށައިގެން ފުރަތަމަ ދެ ލަނޑު ޖެހީ ވެމްކޯގެ ޑަރީކާ އެވެ. އެކަމަކު އެމްޕީއެލް އިން ވަނީ ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. އެމްޕީއެލް އިން މެޗުގައި ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ފާތިމަތު ޖޫޒާން ޒަރީރް އެވެ. ޖޫޒާންގެ ފުރަތަމަ ލަނޑަށް ފަހު އެމްޕީއެލް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފާތިމަތު ސާލިޔާ ޖެހި ލަނޑުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޖޫޒާންގެ ގޯލުން އެމްޕީއެލް ވަނީ ލީޑު ނަގައިފަ އެވެ. އެމްޕީއެލްގެ ފަހު ހަތަރު ލަނޑުގެ ތެރެއިން ޖޫޒާން ދެ ލަނޑު ޖެހިއިރު ދެން ލަނޑު ޖެހީ އާމިނަތު ޝާމިލާ އާއި ފަރާހް އަހުމަދު އެވެ. ވެމްކޯގެ ޑަރީކާ އިތުރު ގޯލެއް ޖަހައި ހެޓްރިކް ހެދިއިރު ވެމްކޯގެ އަނެއް ލަނޑު ޖެހީ މަރްޔަމް ނޫރާ އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްޕީއެލްގެ ޖޫޒާން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެމްޕީއެލްގެ ސާލިޔާ ހޯދިއިރު 21 ގޯލާ އެކު ރަން ބޫޓު ކަށަވަރުކުރީ ސިފައިންގެ ޓީމަށް ކުޅުނު ބަންގްލަދޭޝްގެ ކުޅުންތެރިޔާ ސަބީނާ ކަތުން އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކަށް ސިފައިންގެ ޓީމުގެ މަޓްސުޝިމާ ސުމައްޔާ ހޮވުނުއިރު ފެއާ ޕްލޭ ޓީމަކީ ޓްރޭޑް ކްލަބެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ފައިނަލުގައި ބަލިވި ވެމްކޯ ޓީމުގެ އަހުމަދު ނިޔާޒް (ނިޔާ) އެވެ.

May be an image of 2 people and people playing sports
May be an image of 2 people and people playing sports

އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެމްޕީއެލްގެ ސާލިޔާ އާއި މަދީނާ އަދި އެޓީމުގެ ގޯލްކީޕަރު އަޒަމްގެ އިތުރުން ވެމްކޯގެ ކަސޭސީ އާއި ޑަރީކާ އެވެ.

އަންހެން ޑިވިޝަނަށް ފަހު މިރޭ އޮންނާނީ ފިރިހެން ޑިވިޝަނުގެ ފައިނަލެވެ. މި މެޗުގައި ބައްދަލުކުރާނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. ފިރިހެން ފައިނަލް މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings