ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ އަގުބޮޑު ސްކޮޑް ސިޓީ އާއި ޔުނައިޓެޑްގައި

އެންމެ އަގުބޮޑު ސްކޮޑް ސިޓީ އާއި ޔުނައިޓެޑްގައި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 7 އޮކްޓޫބަރު 2021

ކުޅިވަރު ދިރާސާތަކާއި ޚަބަރުތައް ގެނެސްދޭ އިންޓަނޭޝަނަލް ސެންޓަރ ފޮރ ސްޕޯޓްސް ސްޓަޑީޒް އިން 2021 އޮކްޓޯބަރ މަހު އާންމުކުރި ރިޕޯޓެއްގައި ވާގޮތުން ޔޫރަޕްގެ އެންމެ އަގުބޮޑެތި ކުޅުންތެރިން މިވަގުތު ތިބީ އިނގިރޭސިވިލާތުގެ ދެ ކްލަބް ކަމަށްވާ މެންޗެސްޓާ ސިޓީއާއި މެންޗެސްޓަރ ޔުނައިޓެޑްގަ އެވެ. މިހޯދުމަކީ ޔޫރަޕްގެ އެންމެ ވަރުގަދަ 5 ލީގުގައި މިވަގުތު ކުޅޭ ކުޅުންތެރިންގެ ޓްރާންސްފާ އަގަށް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓެކެވެ. އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގާއި، ސްޕެނިޝް ލަލީގާ އާއި، ޖަރުމަން ބުންޑަސްލީގާ، އިޓަލީގެ ސީރިއޭ އާއި، އަދި ފްރާންސްގެ ލީގު 1 ގައި ކުޅޭ 98 ކްލަބްގައި މިވަގުތުގެ ތިބި ކުޅުންތެރިންގެ ޓްރާންސްފަރ އަގުތައް ވަނީ ދިރާސާކޮށްފަ އެވެ.

ލިސްޓްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ވޭތުވެދިޔަ އަހަރުތަކުގެ ޓްރާންސްފަރ މާކެޓުތަކުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެންސްފައިވާ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އެވެ. އެކްލަބުގެ ކުޅުންތެރިންގެ އަގު 1.1 ބިލިއަން ޕައުންޑަށް އަރާއިރު ލިސްޓުގެ ދެވަނަގައިވާ ވާދެވެރި މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިންގެ އަގަކީ 1.04 ބިލިއަން ޕައުންޑެވެ. 890 މިލިއަން ޕައުންޑާއެކު ޗެލްސީ ތިން ވަނައިގައި އޮތްއިރު ހަތަރު ވަނަ ލިބެނީ ސްޕެއިންގެ ބާސެލޯނާއަށެވެ.

ސްކޮޑް ވެލިއުއިން މިވަގުތު ޔޫރަޕްގެ ގަދަ 10 ކްލަބް

#ކްލަބްޤަޢުމުވެލިއު
1މެންޗެސްޓަރ ސިޓީއިންގްލެންޑް1.095 ބިލިއަން ޕައުންޑު
2މެންޗެސްޓަރ ޔުނައިޓެޑްއިންގްލެންޑް1.038 ބިލިއަން ޕައުންޑު
3ޗެލްސީއިންގްލެންޑް809 މިލިއަން ޕައުންޑު
4ބާސެލޯނާސްޕެއިން766 މިލިއަން ޕައުންޑު
5ބަޔާން މިޔުނިކްޖަރުމަނު761 މިލިއަން ޕައުންޑު
6ލިވަޕޫލްއިންގްލެންޑް742 މިލިއަން ޕައުންޑު
7ރެއާލް މެޑްރިޑްސްޕެއިން723 މިލިއަން ޕައުންޑު
8ޕީ.އެސް.ޖީފްރާންސް691 މިލިއަން ޕައުންޑު
9ބޮރޫޝިއާ ޑޯޓްމަންޑްޖަރުމަނު587 މިލިއަން ޕައުންޑު
10އެތުލެޓިކޯ މެޑްރިޑްސްޕެއިން566 މިލިއަން ޕައުންޑު

Source: CIES Football Observatory

މި ހޯދުމުން ދައްކާގޮތުން ޔޫރަޕްގެ ލީގުތަކުގެ ތެރެއިން އެއްވަނައިގައި އުޅެނީ މަޝްހޫރު އިނގިރޭސި ޕްރިމިއަރ ލީގެވެ. އެލީގުގައި ކުޅޭ ކުޅުންތެރިންގެ ޓްރާންސްފަރ ވެލިއު ހުރީ 7.6 ބިލިޔަން ޕައުންޑުގަ އެވެ. 4.5 ބިލިއަން ޕައުންޑާއެކު ސްޕެނިޝް ލަލީގާ އަށް ދެވަނަ ލިބޭއިރު ތިން ވަނައަށް ގޮސްފައިވަނީ 3.9 ބިލިއަން ޕައުންޑާއެކު ޖަރުމަން ބުންޑަސްލީގާ އެވެ. ލިސްޓުގެ ހަތަރު ވަނަ ކަށަވަރުކޮށްފައިވަނީ 3.8 ބިލިއަން ޕައުންޑާއެކު އިޓާލިއަން ލީގެވެ. އަދި 2.9 ބިލިއަން ޕައުންޑާއެކު މިލިސްޓްގެ ފަސް ވަނަ އަށް ގޮސްފައިވަނީ ފްރާންސް ލީގެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ފުޓްބޯޅައަކީ، ޓީވީ ރައިޓްސް އިންނާއި ސްޕޮންސަރުން އަދި ޖާޒީ ވިއްކައިގެން ބޮޑެތި އާމްދަނީތަކެއް ލިބެމުންދާ ކުޅިވަރެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިން ވަނީ ކްލަބްތައް ގަނެ، އެކްލަބްތަކަށް ބޮޑެތި އިންވެސްޓްމަންތަކެއްކޮށްފަ އެވެ. އަދި މިފަދަ ކްލަބްތަކުން އަންނަނީ ބޮޑެތި ކާމިޔާބީތައް ވެސް ހޯދަމުންނެވެ. ފުޓްބޯޅައިގައި ކުޅުންތެރިންގެ މާކެޓް މިހާރު އޮތްގޮތަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި ކުޅުންތެރިންނަށް ކުރާ ހަރަދުތައް ބޮޑުވެގެންދާނެ އެވެ. މިއީ އެކަމުގައި ތަފާތު ގޮތްގޮތަށް ބަހުސް ކުރެވިދާނެ މައުލޫއެކެވެ. އެގޮތުން ބައެއް މާހިރުން ފާހަގަކުރާ ގޮތުގައި މިހާރު ބައެއް ކުޅުންތެރިންނަށް ހުށަހަޅާ އަގު މާބޮޑެވެ. އަދި ބާޒާރުގައި ކުޅުންތެރިން ގަނެ ވިއްކުން މިވަނީ ވަރަށް ވާދަވެރި ކަމަކަށްވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!