ފުރަތަމަ ސަފްޙާ / ޚަބަރު / ސެމީއިން ޖާގަ ހޯދައި ކްލަބް 010 ދެވަނަ ޑިވިޝަނަށް

ސެމީއިން ޖާގަ ހޯދައި ކްލަބް 010 ދެވަނަ ޑިވިޝަނަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 އޮގަސްޓް 2021

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކުލަބް އޮންލީ ވަން އޮޕޮޗޫނިޓީ (ކްލަބް 010) ހޯދައިފި އެވެ. ކްލަބް 010 ސެމީގެ ޖާގަ ހޯދީ މިއަދު ހަވީރު އެފްއޭއެމް އެއް ނަންބަރު ޓާފުގައި ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ކުލަބް 2-0 އިން ބަލިކޮށްގެންނެވެ. މިއާއެކު އެޓީމުން ވަނީ ދެވަނަ ޑިވިޝަނުން ވެސް ޖާގަ ހޯދާފަ އެވެ.

ޓެންޓް ސްޕޯޓްސް ކްލަބް ކުއާޓާ އަށް އައީ ގުރޫޕް ސްޓޭޖުގައި އެޓީމު ނިސްބަތްވާ ގުރޫޕް 1 ގެ އެއްވަނަ ހޯދައިގެންނެވެ. އެޓީމުން ގުރޫޕްގެ އެއްވަނަ ހޯދީ، ދެވަނައަށް ދިޔަ ބިސްބުރު ސްޕޯޓްސްއާ ޕޮއިންޓްގެ ގޮތުން އަދި ފައިދާ ގޯލުގެ ގޮތުން އެއްވަރު ވީނަމަވެސް، ޖެހި ގޯލު ގިނަވުމުންނެވެ.

މިމެޗަކީ ގުރޫޕް 4 ގެ ދެވަނަ ހޯދައިގެން ކުއާޓާގެ ޖާގަ ހޯދި ކްލަބް 010 މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. ތިން ޓީމު ހިމެނުނު މި ގުރޫޕުގެ ފުރަތަމަ މެޗުގައި ކްލަބް ޓީނޭޖް އަތުން އެޓީމު ބަލިވިއިރު، ތިން މަސް ފަހުން ކުޅެން އޮތް ފަހު މެޗު އެޓީމަށް ލިބުނީ އިދިކޮޅުން ވާދަކުރަން އޮތް ރޭޖް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ހަމަނުވީމަ އެވެ.

@010_club reaches semi-finals, securing Second Division promotion! pic.twitter.com/lgT6inR3dF

— Fahuminet (@fahuminet) August 11, 2021

މިއަދުގެ މެޗުގައި ކްލަބް 010 ގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ކުރިން ނިއުރޭޑިއަންޓަށް ކުޅުނު ފޯވަޑް ޝަހީމް އަބްދުލް ގާދިރު (މެސީ) އެވެ. އަދި ދެވަނަ ލަނޑު ދެވަނަ ހާފު ނިމެނިކޮށް ކާމިޔާބު ކޮށްދިނީ ކުރިން ވިކްޓްރީ އާއި ވެލެންސިއާއަށް ކުޅުނު ނައިޖީރިއާ ފޯވަޑް ގޮޑްފްރޭ ވެސްޓް އޮމޮޑޫ އެވެ.

މިމުބާރާތުގެ ސެމީ ފައިނަލަށް ހޮވޭ ހަތަރު ޓީމަށް ވެސް ދެން ބާއްވާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުން ޖާގަ ސީދާ ޖާގައެއް ލިބޭނެ އެވެ.

ކުއާޓާގެ ދެވަނަ މެޗުގައި މިރޭ 9 ޖަހާއިރު ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކުލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!