ފުރަތަމަ ސަފްޙާ / ޚަބަރު / ކުޅުދުއްފުށި ކަޓައި ފައިނަލުގެ ފަހު ޖާގަ ނޮޅިވަރަންފަރަށް

ކުޅުދުއްފުށި ކަޓައި ފައިނަލުގެ ފަހު ޖާގަ ނޮޅިވަރަންފަރަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 17 އޮކްޓޫބަރު 2018

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ އަތޮޅު މުބާރާތުން ކުޅުދުއްފުށި ކަޓައިފިއެވެ. ކުޅުދުއްފުށްޓަށް ފުރުސަތު ގެއްލުނީ އެރަށުގައި ކުރިއަށްދާ ގްރޫޕް ދޭއްގެ ފަހު މެޗުގައި މިއަދު ނޮޅިވަރަންފަރު 5-0 ގެ ނަތީޖާއަކުން ކުމުންދޫ ބަލިކުރުމުންނެވެ.

އެ ގްރޫޕުގެ މެޗުތަށް ނިމުނު އިރު ކުޅުދުއްފުށި އަދި ނޮޅިވަރަންފަރަށްވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. ނޮޅިވަރަންފަރަށް ގްރޫޕުގެ އެއްވަނަ ލިބުނީ އިތުރަށް ފައިދާ ތިން ލަނޑާއި އެކުއެވެ. ގްރޫޕުގެ ފުލަށް ދިޔައީ ކުޅުނު ދެމެޗުންވެސް ބަލިވި ކުމުންދޫ އެވެ.

މިއަދު މެޗުގައި ނޮޅިވަރަންފަރުގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުހައްމަދު ރިޔާޒެވެ. މެޗުގެ ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ޖެހީ މުހައްމަދު އަޝްރަފެވެ. ދެވަނަ ލަނޑު ރިޔާޒު ޖެހީ 65 ވަނަ މިނެޓުގައެވެ. ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ހުސައިން ނިޝާން ޖެހިއިރު ހަތަރު ވަނަ ލަނޑު 78 ވަނަ މިނެޓުގައި މުހައްމަދު އަސަދެވެ. ފަސްވަނަ ކަނޑު ރިޔާޒު ޖެހީ މެޗުގެ 83 ވަނަ މިނެޓުގައެވެ.

ނޮޅިވަރަންފަރާއެކު ހދ އަތޮޅުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ ހަނިމާދޫ އެވެ. ހަނިމާދޫ ފައިނަލަށް ދިޔައީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ހަނިމާދޫ އަކީ 2016 ވަނަ އަހަރު އަތޮޅު އަދި ޒޯން ފައިނަލް ބުރުގައި ކުޅުނު ޓީމެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!