ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ލޮރެންޒޯގެ އާދަމް ނުޒައިރު ރޭގެ މެޗުގެ ފަހު ވަގުތުގައި ކާމިޔާބު ކޮށްދިން ލަނޑުން ބެންޗް ސްޕޯޓްސް ބަލިކޮށް ލޮރެންޒޯ ސްޕޯޓްސް ކުލަބް ގުރޫޕް 2 ގެ އެއްވަނައަށް ޖެހިލައިފި އެވެ. އެޓީމުން ބެންޗް ސްޕޯޓްސް ކުލަބް ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ.
ލޮރެންޒޯ އަށް ރޭގެ މެޗުގެ ތިންވަނަ މިނިޓުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ޒިޔާދެވެ. 12 ވަނަ މިނިޓުގައި ބެންޗް ސްޕޯޓްސް ކުލަބުގެ އަހުމަދު ހަމްދާން ހުސައިން އެޓީމަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް ލޮރެންޒޯއިން ވަނީ މިނިޓެއް ތެރޭ އަލުން ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއިލް ޝިޔާހެވެ.
3rd Division: Adam Nuzair scores late to give Lorenzo Sports Club victory over Bench SC pic.twitter.com/YPwSrcjoGH
— Fahuminet (@fahuminet) May 2, 2021
ބެޗްޗް ސްޕޯޓްސް އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ 53 ވަނަ މިނިޓުގައި، ފުރަތަމަ ލަނޑު ވެސް ޖަހައިދިން ހަމްދާނެވެ. 2-2 އިން މެޗު އެއްވަރުވެގެން ނިމުމުގެ ކުރިން ލޮރެންޒޯ އިން ތިންވަނަ ފަހަރަށް މެޗުގައި ލީޑު ނަގައި، ތިން ޕޮއިންޓް ހޯދީ، 88 ވަނަ މިނިޓުގައި އެޓީމުގެ ނުޒައިރު ކާމިޔާބު ކޮށްދިން ގޯލުންނެވެ.
3rd Division – Football Association of Maldives: Final matchday for the group stage will be exciting! ???? pic.twitter.com/D506QKeMgn
— Fahuminet (@fahuminet) May 2, 2021
މިއާއެކު ގުރޫޕުގެ ކޮންމެ ޓީމެއް ވެސް ދެމެޗު ކުޅެފައި ވާއިރު މިވަގުތު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ. ބެންޗް ސްޕޯޓްސް އާއި ކެޕިޓަލް ސިޓީ ސްޕޯޓްސް އަށް ތިން ޕޮއިންޓް ލިބިފައި ވީއިރު ފުލުގައި އޮތް ވިލިމާލެ ޔުނައިޓެޑަށް ޕޮއިންޓެއް ނުލިބެއެވެ.
މުބާރާތުގައި ދެން މެޗެއް އޮންނާނީ އަންނަ އަންގާރަ ދުވަހުގެރޭ 10 ޖަހާއިރު އެވެ. އެމެޗުގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ ޓެންޓް ސްޕޯޓްސް އާއި ތުޅާދޫ އެވެންޗާސް އެވެ.