ފުރަތަމަ ސަފްޙާ / ޚަބަރު / ސީބީއެލް ބަލިކޮށް ތުޅާދޫ އެވެންޗާސް އިން ދެވަނަ ބުރުގެ އުއްމީދު އާކޮށްފި

ސީބީއެލް ބަލިކޮށް ތުޅާދޫ އެވެންޗާސް އިން ދެވަނަ ބުރުގެ އުއްމީދު އާކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 1 މެއި 2021

މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު ގުރޫޕް 1ގެ މެޗް ކްލަބް ބްލޫ ލެޕާޑް ސްޕޯޓްސް (ސީބީއެލް ސްޕޯޓްސް) ބަލިކޮށް، ތުޅާދޫ އެވެންޗާސް ސްޕޯޓްސް ކާމިޔާބު ކޮށްފި އެވެ. ތުޅާދޫ އެވެންޗާސް އިން މިމެޗް ކާމިޔާބުކުރީ 3-0 އިންނެވެ.

މި ނަތީޖާއާއެކު، ގުރޫޕް ސްޓޭޖުގެ އެއް މެޗު ބާކީ އޮއްވައި ސީބީއެލް މިވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފަ އެވެ. އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ކުލަބު އަތުން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 34 ވަނަ މިނިޓުގައި ތުޅާދޫ އެވެންޗާސް އަށް ލީޑު ނަގައިދިނީ ރައްޒާން އަބްދުއްސަމަދެވެ. ދެވަނަ ލަނޑު 76 ވަނަ މިނިޓުގައި ޢަބްދުﷲ ފާރިސް ކާމިޔާބު ކޮށްދިންއިރު، ރައްޒާން އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށެވެ.

3rd Division: Thulhaadhoo AS defeats CBL Sports to keep their hopes alive for the Quarter Finals! pic.twitter.com/gIjxWV0UN7

— Fahuminet (@fahuminet) April 30, 2021

އެވެންޗާސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ ބިސްބުރު ސްޕޯޓްސްއާ ވާދަކޮށް 2-1 އިންނެވެ. މި ގުރޫޕުގައި ހިމެނޭ ބިސްބުރު ސްޕޯޓްސް އާއި ޓެނެޓް ސްޕޯޓްސް އަށް ދެމެޗުން 4 ޕޮއިންޓް ލިބިފައި ވާއިރު އެވެންޗާސް އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. މި ތިން ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މި ގުރޫޕުގެ ފަހު ދެމެޗުގެ ތެރެއިން އަންނަ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރާނީ ޓެންޓް ސްޕޯޓްސް ކުލަބާއި ތުޅާދޫ އެވެންޗާސް އެވެ. މިމެޗުން ތުޅާދޫ އެވެންޗާސް ބަލިވެއްޖެނަމަ ޓެންޓް ސްޕޯޓްސް އާއި ބިސްބުރު ސްޕޯޓްސް ކުއާޓާއަށް ދަތުރުކުރާނެއެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ ބިސްބުރު ސްޕޯޓްސް އާއި ސީބީއެލް ސްޕޯޓްސް އެވެ.

ތިންވަނަ ޑިވިޝަން މުބާރާތުގައި މިރޭ ކުޅޭނީ ގުރޫޕް 2 ގެ ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ބެންޗް ސްޕޯޓްސް ކުލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!