ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ ބަލިކޮށް ބިލްބާއޯ އިން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްފި

ބާސެލޯނާ ބަލިކޮށް ބިލްބާއޯ އިން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 ޖެނުއަރީ 2021

ސްޕެނިޝް ސުޕަރ ކަޕް ފައިނަލްގައި ރޭ ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެތުލެޓިކް ބިލްބާއޯ އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ. މި މެޗުގައި ބާސެލޯނާގެ މައްޗަށް ބިލްބާއޯ އިން ކުރި ހޯދައިފައިވަނީ 2-3 އިންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބާސެލޯނާ އިންނެވެ. މެޗުގެ 40 ވަނަ މިނެޓްގައި މިލަނޑު ބާސެލޯނާ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފަރަންސޭސި ފޯވާޑް އަންޓުއަން ގްރީޒްމަން އެވެ. އެކަމަކު ބާސެލޯނާ އިން ނެގި ލީޑް އެ ޓީމަށް ދެ މިނެޓްވަންދެންވެސް ދެމެހެއްޓޭ ގޮތެއް ނުވި އެވެ. މެޗުގެ 42 ވަނަ މިނެޓްގައި ފެނުނީ ބިލްބާއޯގެ ޑި މާކޯސް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ތަނެވެ. އޭގެ ފަހުން އަނެއްކާވެސް މެޗުގެ 77 ވަނަ މިނެޓްގައި ގްރީޒްމަން އިތުރު ލަނޑެއް ޖަހައި ބާސެލޯނާ އަށް އަލުން ލީޑް ހޯދައިދިނެވެ. މި ލީޑްގައި މެޗު ނިމިދާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ ދެން ފެނުނީ މެޗުގެ ފަހު މިނެޓްގައި ބިލްބާއޯގެ ވިޔަލިބްރޭ ލަނޑެއް ޖަހައި އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަކުރި ތަނެވެ. މެޗުގެ ނަތީޖާ ބިލްބާއޯ ކޮޅަށް އަނބުރާލި ލަނޑު މެޗު އެއްވަރުވުމުގެ ސަބަބުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިލިއަމްސް އެވެ.

މިއީ 1985 ވަނަ އަހަރުގެ ފަހުން ބިލްބާއޯ އިން ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. ބިލްބާއޯ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި މަޝްހޫރު ރެއާލް މެޑްރިޑް ބަލިކުރުމަށް ފަހު އެވެ. ރޭގެ މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކުރި ކުށަކާ ގުޅިގެން އޭނާ އަށް ވަނީ ރަތް ކާޑްވެސް ދައްކައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!