ފުރަތަމަ ސަފްޙާ / ޚަބަރު / ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 އޮގަސްޓް 2020

ފްރާންސް އަދި މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮގްބާ ކޮވިޑަށް ޕޮޒިޓިވްކަން ހާމަކުރީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެވެ. 27 އަހަރުގެ ޕޮގްބާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނީ 14 ދުވަހު ކަރަންޓީނުގައި ހުރުމަށް ފަހު ކޮވިޑުން ރަނގަޅުވެއްޖެ ނަމަ އެވެ.

“ފަހު ވަގުތު ޓީމަށް ބަދަލުގެންނަން ޖެހުނީ ޕައުލް ޕޮގްބާ ކޮވިޑަށް ޕޮޒިޓިވް ވުމުން. އިއްޔެ ޕޮގްބާ ޓެސްޓް ހެދީ. މިއަދު ނަތީޖާ ލިބުނުއިރު ޕޮޒިޓިވް” ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމުން ފްރާންސުން ޔޫއެފާ ނޭޝަންސް ލީގުގައި އަންނަ ހޮނިހިރު ދުވަހު ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗާއި ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ. ޕޮގްބާގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޓެންގީ އެންޑޮމްބެލޭ ވެސް ކޮވިޑަށް ޕޮޒިޓިވްވެ ޓީމުން އުނިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. ޕޮގްބާގެ ބަދަލުގައި ގައުމީ ޓީމަށް ނަގާފައިވަނީ ފްރާންސްގެ ރެންސް އަށް ކުޅެމުން އަންނަ 17 އަހަރުގެ މިޑްފީލްޑަރު، އެޑުއާޑޯ ކަމަވިންގާ އެވެ.

ނޭޝަންސް ލީގުގެ މެޗުތައް ގެއްލުނު ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑުން އަންނަ ސީޒަން ފަށާއިރު ޓީމުގައި ޕޮގްބާ ހިމެނުމުގެ ފުރުސަތު އެބައޮތެވެ. އަންނަ ސީޒަނުގެ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 19 ވަނަ ދުވަހު ޔުނައިޓެޑް ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަޕޯޓަރުން ނުވައްދައި މިދިޔަ ސީޒަނުގެ ބާކީބައި ވަނީ ފުރިހަމަކޮށްފަ އެވެ. މެޗުތައް ކުރިއަށް ގެންދިޔައިރު ވެސް ބައެއް ކްލަބްތަކުގެ ކުޅުންތެރިން ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!