މަގޫދޫ އެލް4 ކަޕް: ސެމީގެ ފުރަތަމަ ޖާގަ ބީސީ ސްޕޯޓްސް އަށް

Advertisement

މަގޫދޫ އެލް4 ކަޕް: ސެމީގެ ފުރަތަމަ ޖާގަ ބީސީ ސްޕޯޓްސް އަށް

ފަހުމިނެޓް
ރޭގެ މެޗުގައި ފުޓްސަލް ތަރި ވައްޖެ ބޯޅަ ހިފައިގެން. ބީސީ ވަނީ ސެމީ އަށް ދަތުރުކޮށްފަ. ފޮޓޯ: ބީސީ ސްޕޯޓްސް ކްލަބް

ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ބާއްވާ އެލް4 ކަޕް ފުޓްސަލްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ބީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ބީސީ ސްޕޯޓްސް އިން ރޭ ވަނީ އެޓީމު ކުޅުނު މެޗުގައި ފަވްޒް ނިއު ޖެނެރޭޝަން 0-7 އިން ބަލިކޮށްފަ އެވެ. މެޗުގައި އެޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ޝިޔާހް އާއި ހެޓްރިކް ހެދި ވިލްފްގެ އިތުރުން ސާޖިދު އާއި އައިސަމް އަދި މުޒްދާން އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވިލްފް އެވެ. ރޭގެ މެޗަކީ މުބާރާތުގައި ވިލްފް ކުޅުނު ފުރަތަމަ މެޗެވެ.

Advertisement

ބާކީ މެޗެއް އޮއްވައި ބީސީ ސްޕޯޓްސް ސެމީ ފައިނަލް ޔަގީންކުރީ ތިން މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕުގެ ދެ ވަނައިގައި އޮތީ 7 ޕޮއިންޓް ހޯދާފައިވާ ޕަވަރ އެޓޭކެވެ. ތިން ވަނައިގައި 4 ޕޮއިންޓާ އެކު އޭއެމްޑީ އޮތްއިރު ހަތަރު ވަނައިގައި އޮތް ގަޓް ސިޓީ އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފުލުގައި ފަވްޒް ނިއު ޖެނެރޭޝަން ވަނީ ހަތަރު މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

ބީސީ ސްޕޯޓްސްގެ ޝިޔާހް ބޯޅަ ހިފައިގެން. ފޮޓޯ: ބީސީ ސްޕޯޓްސް ކްލަބް

ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތީ 7 ޕޮއިންޓް ހޯދާފައިވާ ސީއެސް ސްޕޯޓްސް އެވެ. ދެ ވަނައިގައި އޮތް އެޒް ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ފަވްޒް ސްޕޯޓްސް ކްލަބަށް ވަނީ 6 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތީ 4 ޕޮއިންޓް ލިބިފައިވާ އެފްސީ ޒަލްޒަލާ އެވެ. ފުލުގައި އޮތީ ކުޅުނު 3 މެޗުން ވެސް ބަލިވި ބީސީ 2030 އެވެ.

ރޭ އެފްސީ ޒަލްޒަލާ ވަނީ ފަވްޒް ސްޕޯޓްސް ކްލަބް އަތުން 2-3 އިން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު ޒަލްޒަލާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ޒަލްޒަލާ ޓީމަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ބިލެއްދޫ ޓީމެވެ. އެޓީމުގެ ފެށުން ރަނގަޅުވި ނަމަވެސް ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ނުނެރެވުނެވެ.

އޭއެމްޑީ އާއި ޕަވަރ އެޓޭކް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭ ކުޅުނު އަނެއް މެޗުގައި އޭކްސް ސްޕޯޓްސް ވަނީ ބީސީ 2030، 2-5 އިން ބަލިކޮށްފަ އެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. މިރޭގެ މެޗުތަކާ އެކު ސެމީގެ ބާކީ ތިން ޖާގަ ކަށަވަރުވާނެ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

މަގޫދޫ އެލް4 ކަޕްގައި މިރޭ ކުޅޭ މެޗުތައް

ގަޓް ސިޓީ – އޭއެމްޑީ 20:00

ސީއެސް ސްޕޯޓްސް – އޭކްސް ސްޕޯޓްސް 21:00

ބީސީ ސްޕޯޓްސް – ޕަވަރ އެޓޭކް 22:00

ފަވްޒް ސްޕޯޓްސް – ބީސީ 2030، 23:00

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *