ބޮޑެތި ޓީމުތަކާ ވާދަކުރެވޭނެ ފެންވަރު ނެތްކަން ބާސެލޯނާގެ ސަޕޯޓަރުން ދަންނަންޖެހޭ: ޒަވީ

Advertisement

ބޮޑެތި ޓީމުތަކާ ވާދަކުރެވޭނެ ފެންވަރު ނެތްކަން ބާސެލޯނާގެ ސަޕޯޓަރުން ދަންނަންޖެހޭ: ޒަވީ

ފަހުމިނެޓް

ބާސެލޯނާގެ ހާލަތު އޮތްގޮތުން، ޔޫރަޕްގައި މާލީ ފުދުންތެރިކަން ވަރުގަދަ ޓީމުތަކާ ވާދަކުރުމަކީ އެ ކްލަބަށް އުނދަގޫކަމެއްކަން ބާސެލޯނާގެ ސަޕޯޓަރުން ގަބޫލުކުރަން ޖެހޭކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލީގުގައި އަލްމީރިއާ އަތުން 2-0 އިން މޮޅުވި މެޗަށް ފަހު ޒަވީ ވަނީ ޔޫރަޕްގެ ވަރުގަދަ ބައެއް ކްލަބްތަކާ ބާސެލޯނާ އަށް ވާދަނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

Advertisement

“އަހަރެންނަށް ހީވަނީ ބާސެލޯނާ ސަޕޯޓަރުން ގަބޫލުކުރަން ޖެހޭހެން މިހާރު އިގްތިސާދީ ގޮތުން ބާސެލޯނާ އޮތް އުނދަގޫ ހާލަތުގެ ސަބަބުން، ރެއާލް މެޑްރިޑާއި ޔޫރަޕްގެ އެހެން ކްލަބްތަކާ ވާދަކުރުމަކީ ބާސެލޯނާ އަށް އުނދަގޫ ކަމެއްކަން” ބާސެލޯނާއާ ގުޅޭގޮތުން ޒަވީ ބުންޏެވެ.

މާލީގޮތުން ރެއާލް އަދި ޔޫރަޕްގެ މުއްސަނދި އެހެން ކްލަބްތަކާ އަޅާކިޔާއިރު ބާސެލޯނާ އުޅެނީ ފަހަތުގަ އެވެ. ކުޅުންތެރިން ގަންނަން ބޮޑު ހަރަދެއް ނުކުރެވޭއިރު، ކްލަބުގެ މާލީ ހިސާބުތައް އެއްހަމައެއްގައި ހިފަހައްޓަން އެ ކްލަބުން މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރި އެވެ.

“މި ހާލަތަށް އަހަރެމެން ހޭނޭނަން. މީގެ މާނައެއް ނޫން ބާސެލޯނާ އިން ތަށިތަކަށް ވާދަކުރަން ބޭނުން ނޫނެކޭ. ބާސެލޯނާގެ ހާލަތަކީ މިއީ ކަމަށް ވާއިރު އިތުރަށް ވަގުތު ނަގައި ކްލަބްގެ ހާލަތު ބަދަލުކުރަންޖެހޭ” ޒަވީ ބުންޏެވެ.

އަންނަ ސީޒަނުގައި ކިލިއަން އެމްބާޕޭއާ އެކު ރެއާލް ފެންނާނީ ވަރަށް ވަރުގަދަކޮށެވެ. އަނެއްކޮޅުން ޔޫރަޕްގެ ވަރުގަދަ ކްލަބްތަކުން ބޮޑު އަގުގައި ކުޅުންތެރިން ގެންދެ އެވެ. އެހެންވެ ސްޕެނިޝް ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަނގަޅު ވާދައެއް ކުރަން ބާސެލޯނާ އަށް އުނދަގޫވާނެކަމަށް ޒަވީ ގަބޫލުކުރެ އެވެ.

ޒަވީގެ ވާހަކަތަކާއި ގުޅިގެން އޭނާ ކޯޗުކަމުން ވަކިކުރަން ބާސެލޯނާ އިން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ޒަވީ މިދިޔަ ޖެނުއަރީ މަހު ބުނީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެ ކަމަށެވެ. އެކަމަކު ކްލަބުން ޒަވީއާ ވާހަކަދައްކައި މަގާމުގައި މަޑުކުރުވަން ވަނީ ނިންމައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *