ދީމާގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި

Advertisement

ދީމާގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި

ފަހުމިނެޓް
ދީމާ އަށް މަރުހަބާ ކިއުމުގެ އިވެންޓުގެ ތެރެއިން. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓުގެ ޝަރަފާ އެކު، ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެނބުރި ރާއްޖެ އައުމުން މިއަދު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދީމާ ވަނީ ނޭޕާލުގައި އޮތް ދެކުނު އޭޝިއާ ސަރަހައްދުގެ އޮލިމްޕިކްސް ކޮލިފައިންގެ ޗެމްޕިއަންކަން ހޯދައި މިއަހަރުގެ ޖުލައި މަހު ފްރާންސަގައި އޮންނަ އޮލިމްޕިކްސް މުބާރާތުން ފުރުސަތު ހޯދައިފަ އެވެ. ދީމާ ކޮލިފައިންގެ ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާގެ ކުޅުންތެރިއަކާ ވާދަކޮށެވެ.

Advertisement

ކާމިޔާބީ އަށް ފަހު ދީމާ މިއަދު މެންދުރު ފަހު ރާއްޖެ އައުމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ކުޅިވަރު އެތުލީޓުން ވަނީ ދީމާ އަށް މަރުހަބާ ކިއުމަށް ގޮސްފަ އެވެ. ދީމާ އަށް މަރުހަބާ ކިޔުމުގެ އިވެންޓް ބޭއްވީ ސޯޝަލް ސެންޓަރުގަ އެވެ.

ދީމާގެ ކާމިޔާބީ ފާހަގަކުރަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ދީމާގެ ކާމިޔާބީއަކީ “އެއްރެޔަކު ނިދާލާފަ ހޭލާފަ އަނެއްދުވަހު ގޮސް ކުޅެގެން ލިބުނު ކާމިޔާބީއެއް ނޫން” ކަމަށެވެ. މިނިސްޓަރު ވަނީ މުޅި ގައުމު ފަހުރުވެރިކޮށްދިން ކާމިޔާބީ އަށް ދިއުމަށް ދީމާ އާއި ދީމާގެ އާއިލާ ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.

ދީމާ އަށް މަރުހަބާ ކިއުމުގެ އިވެންޓުގެ ތެރެއިން. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

“ހާޑް ވޯކް، ޑެޑިކޭޝަން، ޑިޓާމިނޭޝަން، މިއީ އެތުލީޓުން ހަނދާން ނައްތާލައިގެން ވާނެ ބަސްތަކެއް ނޫން” ކުޅިވަރު އެތުލީޓުންނަށް އަމާޒުކޮށް މިނިސްޓަރު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ ލެޖެންޑަކަށް ވަނީ ކުޅިވަރުގަ އޮންނަ “10 އިޔާ ރޫލް” ގައި ބުނާގޮތަށް 10 އަހަރު ދުވަހު ކެނޑިނޭޅި މަސައްކަތް ކޮށްގެން ކަމަށެވެ.

“10 އަހަރު ދުވަހު ކެނޑިނޭޅި މަސައްކަތްކޮށް 10،000 ގަޑިއިރު އެކުރާ ކަމެއްގަ ޝާމިލްވެގެންދިޔައީމަ ލެޖެންޑަކަށް ވަނީ” ދީމާގެ ކާމިޔާބީގެ ބުރަ މަސައްކަތް ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވި އެވެ.

ދީމާގެ ކާމިޔާބީގެ ފަހަތުގައި ތިބި އެންމެ މުހިއްމު ބަޔަކީ ދީމާގެ މައިންބަފައިންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި، ޓީޓީ އެސޯސިއޭޝަނުން ކުރާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރި އެވެ.

ދީމާ ގައުމަށް ހޯދައިދިން ކާމިޔާބީ ފާހަގަކުރުމުގެ އިވެންޓުގެ ތެރެއިން. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގެ އެތުލީޓުން ކުރިއަރުވަން ދިގުމުއްދަތުގެ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް އެތުލީޓުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެ ކަމަށެވެ. އެގޮތުން އެކި ދާއިރާތަކަށް ބޭނުންވާ ހާއްސަ މީހުންގެ ތަމްރީނު ކުރެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ރާއްޖޭގެ އެކި ކުޅިވަރުތައް އާލާކޮށް އެ ކުޅިވަރުތަކުން ލިބޭ ޓެލެންޓްތައް، މޮޅެތި ކުޅުންތެރިން ފާހަގަކޮށް، އެ ކުޅުންތެރިން އިތުރު ހަރުފަތަކަށް ގެނައުމަށްޓަކައި ބޭނުންވާނެ ޓްރެއިނިން ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން މިދަނީ” ކުޅިވަރުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ވަޒީރު ވިދާޅުވި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *