DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފްލޯފިކްސް ހަންޏާސް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް ކަށަވަރުވެއްޖެ
ފްލޯފިކްސް ހަންޏާސް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް ކަށަވަރުވެއްޖެ
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނެކްސަސް އިން ހޯދި ބޮޑު މޮޅުގެ ތެރެއިން. ސެމީ ފައިނަލަށް ވަނީ ޓީމުތައް ހޮވިފައި. ފޮޓޯ: މުހައްމަދު ވިޝާހް ޒަރީރު / ފޮޓޯ މާސްޓާ

ފްލޯފިކްސް ހަންޏާސް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް ކަށަވަރުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 16 ސެޕްޓެމްބަރު 2026

އދ. ހަންޏާމީދޫގައި މިހާރު ކުރިއަށްދާ ފްލޯފިކްސް ހަންޏާސް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް މިރޭ ކަށަވަރުވެއްޖެ އެވެ. 

ހަންޏާސް ކަޕްގައި ހަތް ޓީމު ބައިވެރިވިއިރު މިރޭ ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު ތިން މެޗު މިއަދު ކުޅުނުއިރު، މިއަދު ހަވީރުގެ މެޗުގައި ނެކްސަސް އިން ވަނީ ކަޓައްޕާ އެފްޓީ 11-2 ގެ ބޮޑު ތަފާތަކުން ބަލިކޮށްފަ އެވެ.

މިރޭ ކުޅުނު ފުރަތަމަ މެޗުގައި ރިއަލިޓީން 3-0 އިން ނެމިސް ސްޕޯޓްސް ކްލަބް ބަލިކުރި އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިޑްލް ކްރައުޑާއި ދަ ކްލަބް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. 

ގްރޫޕް އޭގެ އެއް ވަނަ ހޯދި މިޑްލް ކްރައުޑާއި ދެ ވަަނަ ހޯދި ދަ ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕުގައި ތިން ޓީމު ހިމެނެއިރު ތިން ވަނައިގައި ނިންމާލީ ދެ މެޗުން ވެސް ބަލިވި ޒިލެފީ އެވެ. އެހެންވެ އެޓީމަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ގެއްލިފަ އެވެ. 

ގްރޫޕް ބީގެ އެއް ވަނަ ހޯދީ 9 ޕޮއިންޓާ އެކު ނެކްސަސް އެވެ. ދެ ވަނަ ލިބުނީ 6 ޕޮއިންޓް ހޯދި ރިއަލިޓީއަށެވެ. ނެމިސް ސްޕޯޓްސް ކްލަބަށް 3 ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔަ ކަޓައްޕާ އެފްޓީ ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދީ ނެކްސަސް އާއި ރިއަލިޓީ އެވެ. 

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިޑްލް ކްރައުޑާއި ރިއަލިޓީ އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ނެކްސަސް އާއި ދަ ކްލަބެވެ. 

ސެމީ ފައިނަލް މެޗުތަކަށް ފަހު ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ. 

ހަންޏާސް ކަޕަކީ އދ. ހަންޏާމީދޫގެ އަމިއްލަ ގްރޫޕަކުން އެރަށުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މުބާރާތް އިންތިޒާމުކުރަނީ ހަންޏާމީދޫގެ މުއައްސަސާތަކާއި ޒުވާނުންގެ އެހީތެރިކަމާ އެކު އެވެ. އަދި މިއަހަރުގެ މުބާރާތް އިންތިޒާމުކުރަނީ ރާއްޖޭގައި އެންމެ ގިނަ ފުޓްސަލް މުބާރާތްތައް ބާއްވާ ކްލަބް މޯލްޑިވްސްއާ ގުޅިގެންނެވެ. 

މިދިޔަ އަހަރު އޮތް ހަންޏާސް ކަޕްގައި ވާދަކުރީ ފަސް ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ނެކްސަސް ހޯދިއިރު ރަނަރަޕް ޓީމަކީ މިޑްލް ކްރައުޑް އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 2023 އަދި 2024 ވަނަ އަހަރު ހޯދީ ލަކުޑި ޓީމެވެ. އެކަމަކު އެޓީމު މިފަހަރުގެ މުބާރާތުގައި ވާދަކޮށްފައެއްނުވެ އެވެ. 

https://fahuminet.com/tournaments/hanyaax-cup-2026

މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރީ އެފްސީ ސްލޭޔާސް އެވެ. އެކަމަކު އެޓީމުގެ ނަމުގައި މިއަހަރުގެ މުބާރާތުގައި ވާދައެއްނުކުރެ އެވެ. 

ހަންޏާސް ކަޕް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. 

ހަންޏާސް ކަޕްގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. 

ކޮމެންޓްސް

Matches
8
Ongoing
Upcoming
Predict
Settings