ނ. މާޅެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ވަނަ ފުޓްސަލް މުބާރާތާއި އަދި ދެވަނަ ހޭންޑްބޯލް މުބާރާތް އިއްޔެ ފަށައިފި އެވެ.
ޖުމްލަ ތިން ޓީމަކުން ވާދަކުރާ ފުޓްސަލް މުބާރާތް ހުޅުވި މެޗުގައި އިއްޔެ ހަވީރު ކަބަޓާން އެސްސީ އާއި ކަބަޓާން އެފްޓީ ވާދަކުރި އިރު މި މެޗު 2-8 އިން ކާމިޔާބުކޮށްފައިވަނީ ކަބަޓާން އެސްސީ އެވެ. ކަބަޓާން އެސްސީއިން މި މެޗުގެ ކޮންމެ ހާފެއްގައި ހަތަރު ލަނޑު ޖެހި އިރު ކަބަޓާން އެފްޓީން ޖެހި ދެ ލަނޑުވެސް ޖަހައިފައިވަނީ މެޗުގެ ފަހު ހާފު ނިމެން ދަނިކޮށެވެ.
މިދިޔަ އަހަރު އޮތް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަބަޓާން އެސްސީ އާއި ރަނަރަޕް މަގާމު ހޯދި ކަބަޓާން އެފްޓީ މިއަދު ހަވީރު ބައްދަލުކުރި މެޗުގައި ކަބަޓާން އެސްސީ އަށް ކުޅެމުން އަންނަ މަތިވެރި ފުޓްސަލް ޓީމުގެ ތަރި އަލީ އަލްސަން ވަނީ ހެޓްރިކް ހަދައިފަ އެވެ.
ކަބަޓާން އެސްސީއިން މި މެޗުގައި ޖެހި އަނެއް ފަސް ގޯލް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ފަރުހާން، އަބްދުﷲ ޝާފީން އަދި އިބްރާހީމް ނިޔާޒްގެ އިތުރުން ޝައުފާން މޫސާ އާއި އިބްރާހީމް ޒަޔާން އެވެ. މިއަދުގެ މެޗުގައި ކަބަޓާން އެފްޓީއަށް ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާހް އާއި މުހައްމަދު މާޒިން އެވެ.
https://fahuminet.com/tournaments/maalhendhoo-council-futsal-tournament-2026
މާޅެންދޫ ކައުންސިލްގެ ދެވަނަ ހޭންޑް ބޯލް މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ، މުބާރާތުގައި މުޅިން އަލަށް ވާދަކުރި އެމެރަލްޑާއި، މިދިޔަ އަހަރުގެ ރަނަރަޕް މާގާމު ހޯދި ޗެލެންޖާސް ވާދަކޮށްފައިވާއިރު މި މެޗު 10-7 އިން ކާމިޔާބުކޮށްފައިވަނީ ޗެލެންޖާސް އެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު 6-6 އިން އެއްވަރުވެފައި އޮތް ނަމަވެސް ފަހު ހާފުގައި ޗެލެންޖާސްއިން ފުރަތަމަ ހާފުގައި ކުޅުނު ކުޅުން ތަކުރާރުކޮށް ނަތީޖާގެ ފަރަގު ބޮޑުކުރި އެވެ.
ޗެލެންޖާސް އާއި އެމެރަލްޑް ވާދަކުރި މެޗުގައި ޗެލެންޖާސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ހަތް ޕޮއިންޓް ހޯދި މަރިޔަމް ލަހުފާ އެވެ. މި މެޗުގައި އެމެރަލްޑަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ހަތަރު ޕޮއިންޓް ހޯދައިދިން މަރިޔަމް އިމްޝާ އެވެ.
https://www.fahuminet.com/tournaments/maalhendhoo-council-handball-tournament%202026
ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކަބަޓާން އެސްސީ އާއި ޓަމަރާރިއޯސް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާ އިރު ހޭންޑްބޯލް މުބާރާތުގައި މިއަދު ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު މިދިޔަ އަހަރުގެ ޗެމްޕިއަން ކަމަނަ އާއި ޗެލެންޖާސް ވާދަކުރާއިރު ރޭގަނޑު އޮންނާނީ އެމެރަލްޑާއި ގުޒެލް ބައްދަލުކުރާ މެޗެވެ.