އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫން ހޯދައި، އަލަށް ފެށި މި ގައުމީ ފުޓްސަލް މުބާރާތުގައި އަތޮޅު ޗެމްޕިއަންޝިޕް ޝީލްޑް އުފުލާލި ފުރަތަމަ ރަށުގެ ޝަރަފު އެ ރަށުން ހޯދައިފި އެވެ.
ހއ. އަތޮޅުން މުބާރާތުގައި ބައިވެރިވީ އިހަވަންދޫ އާއި ފިއްލަދޫ އެކަނި ކަމަށްވުމުން، އަތޮޅު ޗެމްޕިއަންކަން ކަނޑައެޅީ އިހަވަންދޫގައި ކުޅުނު ފައިނަލް މެޗުންނެވެ.
އިހަވަންދޫ މުބާރާތުގައި ވާދަކުރީ އެރަށު ޖޭ ސްޕޯޓްސް އެކެޑަމީގެ ނަމުގަ އެވެ. ރޭ ކުޅުނު ފައިނަލްގައި ފިއްލަދޫގެ މައްޗަށް އިހަވަންދޫ ކުރި ހޯދީ 0-5 އިންނެވެ.
މެޗުގައި އިހަވަންދޫ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު އަލްސައީދު އަލީ ހަމީދު އާއި މުހައްމަދު ސާނިއު އަދި ޝިފާޒް އިބްރާހީމް އެވެ. މެޗުގައި އަލްސައީދު އާއި ސާނިއު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
އިހަވަންދޫ ޗެމްޕިއަންކަން ހޯދުމާއެކު، އެޓީމާ އެކު ޒޯން އެކެއްގައި ވާދަކުރާނީ ފިއްލަދޫ އެވެ. މުބާރާތުގެ ގަވައިދު އެކުލަވާލާފައިވާ ގޮތުން ކޮންމެ އަތޮޅަކުން ވެސް ފައިނަލުގެ ޖާގަ ހޯދާ ދެ ޓީމަށް ޒޯން ބުރުން ފުރުސަތު ލިބޭނެ އެވެ.
ޒޯން އެކެއްގައި އިހަވަންދޫ އާއި ފިއްލަދޫ ވާދަކުރާނީ ހދ. އަދި ށ. އަތޮޅުގެ ފައިނަލްގައި ވާދަކުރާ ޓީމުތަކާ އެވެ.
https://www.fahuminet.com/tournaments/fam-ha-atoll-futsal-championship
އެފްއޭއެމް ފުޓްސަލްގެ ބ. އަތޮޅު ބުރުގެ ކުޅުން ކުރިއަށްދާއިރު، މިހާރު ވަނީ ސެމީ ފައިނަލް ޖާގަތައް ކަށަވަރުވެފ ައެވެ.
ބ. އަތޮޅުން ސެމީ ފައިނަލަށް ހޮވުނީ ގޮއިދޫ އާއި ދޮންފަނުގެ އިތުރުން އޭދަފުއްޓާއި ތުޅާދޫ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ވާދަކުރާނީ ގޮއިދޫ އާއި ތުޅާދޫ އެވެ. ދެ ވަނަ ސެމީގައި ބުދަ ދުވަހުގެ ރޭ ވާދަކުރާނީ އޭދަފުއްޓާއި ދޮންފަނެވެ.