Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންކަން ސެވެން އެޓޭކާސް އަށް، މޮޅު ކުޅުންތެރިއަކީ ފިރުޝާނާ

ޗެމްޕިއަންކަން ސެވެން އެޓޭކާސް އަށް، މޮޅު ކުޅުންތެރިއަކީ ފިރުޝާނާ

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 30 ނޮވެމްބަރު 2023

ރ. މަޑުއްވަރީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން އެރަށުގައި ބޭއްވި ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސެވެން އެޓޭކާސް ހޯދައިފި އެވެ.

ޗެމްޕިއަންކަން ސެވެން އެޓޭކާސް ހޯދީ ރޭ ކުޅުނު ފައިނަލުގައި ޓީމު ރާޅު 6-11 އިން ބަލިކޮށްގެންނެވެ. އެ ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗު ވެސް ކާމިޔާބުކުރީ ސެވެން އެޓޭކާސް އެވެ.

މުބާރާތުގައި މަޑުއްވަރީގެ ހަތަރު ޓީމު ވާދަކުރިއިރު ސެވެން އެޓޭކާސް ޗެމްޕިއަންކަން ހޯދީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

image

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން

ފިރުޝާނާ ނަސީރު – ސެވެން އެޓޭކާސް

މަރްޔަމް ހުޒުނާ – ޓީމް ރާޅު

އާމިނަރު ސާހިރާ – ޓީމް ދޮންހިޔަލަ

ފާތިމަތު ޝައިހާ – ޓީމް ލިލީ

މަރްޔަމް އަރުޝީ – ސެވެން އެޓޭކާސް

ފާތިމަތު ސާއިލާ – ޓީމް ރާޅު

ފާތިމަތު ރިޒްނާ – ސެވެން އެޓޭކާސް

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުޅިވަރުގައި އަރަމުން އަންނަ ތަރި، ސެވެން އެޓޭކާސްގެ ފިރުޝާނާ ނަސީރު އެވެ. ފިރުޝާނާ އަކީ ބ. ގޮއިދޫ އަށް ނިސްބަތްވާ އެކި ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

image

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ޓީމް ލިލީގެ ފާތިމަތު ޝައިހާ އެވެ. އެންމެ މޮޅު ކޯޗަކީ ސެވެން އެޓޭކާސް އަށް ތަށި ހޯދައިދިން މުހައްމަދު މަންސޫރެވެ.

މަޑުއްވަރީގައި ކުރިއަށްދިޔަ ހޭންބޯޅަ މުބާރާތަކީ އެރަށުގައި ތާރީހުގައި ރަށަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ. އަންހެނުންގެ ކޮމިޓީ އިން އިންތިޒާމުކުރި މުބާރާތް އެރަށުގައި ނިންމާލީ ފުރިހަމަކޮށެވެ. މުބާރާތް ބޭއްވުމުގެ ކުރިން މިދިޔަ އަހަރު ވަނީ ހޭންޑްބޯޅަ ޓްރެއިނިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings