Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ރ. މަޑުއްވަރީ ހޭންޑްބޯޅަ ފައިނަލުގައި ސެވެން އެޓޭކާސް އާއި ޓީމް ރާޅު

ރ. މަޑުއްވަރީ ހޭންޑްބޯޅަ ފައިނަލުގައި ސެވެން އެޓޭކާސް އާއި ޓީމް ރާޅު

ފަހުމިނެޓް
ފަހުމިނެޓް
2 އަހަރު ކުރިން 28 ނޮވެމްބަރު 2023

ރ. މަޑުއްވަރީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ ކަނބަލުންގެ ހޭންބޯޅަ މުބާރާތުގެ ފައިނަލުން ސެވެން އެޓޭކާސް އާއި ޓީމް ރާޅު ޖާގަ ހޯދައިފި އެވެ.

މަޑުއްވަރީގެ ޓީމުތަކަށް އަމާޒުކޮށްގެން ހޭންޑްބޯޅަ މުބާރާތް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

image

މުބާރާތުގެ ފައިނަލުން ސެވެން އެޓޭކާސް ފުރުސަތު ހޯދީ ލީގު ބުރުގެ އެއް ވަނަ ހޯދައިގެންނެވެ. އެޓީމު ވަނީ ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ޓީމް ރާޅު ދެ ވަނަ ހޯދީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނަ ލިބުނީ އެއް މެޗުން މޮޅުވި، ޓީމް ދޮންހިޔަލަ އަށެވެ. ފުލަށްދިޔަ ޓީމް ލިލީ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

ސެވެން އެޓޭކާސް އިން ތިން މެޗުގައި 32 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ 5 ގޯލެވެ. ސެވެން އެޓޭކާސް އިން ޓީމް ލިލީ 13-2 އިން ބަލިކުރިއިރު ދޮންހިޔަލަ އަތުން މޮޅުވީ 14-2 އިންނެވެ. އަދި ދެ ވަނަ ހޯދި ޓީމް ރާޅުއާ ވާދަކޮށް ސެވެން އެޓޭކާސް ވަނީ 5-1 އިން މޮޅުވެފަ އެވެ.

ފައިނަލުގައި ވާދަކުރާ ރާޅު ޓީމުން 21 ގޯލު ޖެހިއިރު އެޓީމު ކޮޅަށް 15 ގޯލު ވަނީ ވަދެފަ އެވެ. ސެވެން އެޓޭކާސް އަތުން ބަލިވިޔަސް، ޓީމް ލިލީއާ ވާދަކޮށް ރާޅު ޓީމު ވަނީ 6-14 އިން މޮޅުވެފަ އެވެ. އަނެއް މެޗުގައި ދޮންހިޔަލަ އަތުން މޮޅުވީ 4-6 އިންނެވެ.

image

މިއަހަރުގެ މުބާރާތަކީ މަޑުއްވަރީގައި އަންހެނުންގެ ކޮމިޓީން އިންތިޒާމުކުރާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ. އެ ކޮމިޓީ އިން ބުނީ އެފަދަ މުބާރާތެއް މަޑުއްވަރީގެ އަންހެނުންނަށް އަމާޒުކުރުމުގެ މަގްސަދަކީ “މަޑުއްވަރީ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާކޮށް ދެމެހެއްޓުން” ކަމަށެވެ.

މަޑުއްވަރީ ޓާފް ދަނޑުގައި ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭ 8 ޖަހާއިރު އެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް މާދަމާ ރޭގެ ފައިނަލް ވެސް “ބައިނަރީ ލައިވް” ފޭސްބުކް ޕޭޖުން ވަގުތުން ދައްކާނެ އެވެ.

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings