ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް ޕީކޭ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބަށް ރަނގަޅު ފެށުމެއް

ކްލަބް ޕީކޭ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބަށް ރަނގަޅު ފެށުމެއް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 16 އެޕްރީލް 2018

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކްލަބް ޕީކޭ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ފެށުން ރަނގަޅު ކޮށްފި އެވެ. އެޓީމުން މިއަދުގެ މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ.

ދިވެހި ސިފައިންގެ ކްލަބުން މިއަދުގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ކަބްލަޝް އޮލެކްސަންޑަ އެވެ. އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޢަބްދުﷲ ޝުޖާޢު އެވެ.

މި މޮޅާއެކު ގްރޫޕް އެކެއްގެ ކޮންމެ ޓީމެއް އެއްމެޗު ވަނީ ކުޅެފައެވެ. އިއްޔެ ކުޅުނު މެޗު 3-0 އިން ކާމިޔާބު ކުރި ކުޑަ ހެންވޭރު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ. މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ދޭއްގެ ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް ޒެފްރޯލް އަދި ދަ ގްރޭންޑް އަމިގޯސް އެވެ. މާދަމާ ހަވީރު މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މި މުބާރާތް ކުރިއަށްދާ މާފަންނު ޓާފް އެކެއްގައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!