ފުރަތަމަ ސަފްޙާ / ޚަބަރު / ދެވަނަ ޑިވިޝަންގެ ފުރަތަމަ މޮޅު ކުޑަ ހެންވޭރު ޔުނައިޓެޑަށް

ދެވަނަ ޑިވިޝަންގެ ފުރަތަމަ މޮޅު ކުޑަ ހެންވޭރު ޔުނައިޓެޑަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 16 އެޕްރީލް 2018

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މޮޅު މިދިޔަ އަހަރުގެ ދެވަނަ ހޯދި ކުޑަ ހެންވޭރު ޔުނައިޓެޑް ހޯދައިފިއެވެ. މިއަދު ހަވީރު މާފަންނު ޓާފް އެކެއްގައި ކުޅުނު ގްރޫޕް އޭގެ މެޗުން އެޓީމު މޮޅުވީ ބީޖީ ސްޕޯޓްސް އާ ވާދަކޮށް 3-0  އިންނެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ކުޑަ ހެންވޭރު ޔުނައިޓެޑްގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިންނެވެ. ފުރަތަމަ ލަނޑު ޑެނިއަލް ފިލޮމަން ޖެހިއިރު އަނެއް ދެ ލަނޑު ޖަހައިދިނީ ގޮފްރޭ ވެސްޓެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަހަރު 8 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޑަ ހެންވޭރު ޔުނައިޓެޑާއި ބީޖީ ސްޕޯޓްސް ގެ އިތުރުން ކްލަބް ޕީކޭ އަދި ދިވެހި ސިފައިންގެ ކްލަބެވެ. ގްރޫޕް ދޭއްގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް ޒެފްރޯލްގެ އިތުރުން އަމިގޯސް އާއި މި މުބާރާތަށް ވަރުގަދައަށް ތައްޔާރުވި ޖޭޖޭ ސްޕޯޓްސް އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެއެވެ. އަދި ދެވަނަ ލިބޭ ޓީމު ފުރަތަމަ ޑިވިޝަނުގެ ކޮލިފައިންގައި ވާދަކުރާނީ މާލޭ ލީގުގެ ފުލަށްދާ އެއްވަނަ ޑިވިޝަނުގެ ދެޓީމާއެކުއެވެ. ތިންޓީމު ވާދަކުރާ ކޮލިފައިން ބުރުން އެއްވަނަ ޓީމަކަށްވެސް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ކްލަބް ޕީކޭ އަދި ދިވެހި ސިފައިންގެ ކްލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!