DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / އަގުބޮޑު އިހަވަން ކަޕް އިހަވަންދޫގައި ފަށައިފި

އަގުބޮޑު އިހަވަން ކަޕް އިހަވަންދޫގައި ފަށައިފި

ފަހުމިނެޓް
ފަހުމިނެޓް
5 އަހަރު ކުރިން • 21 ޑިސެމްބަރު 2020

ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން “ތިލަދުން ކަޕް 2020” ގެ ނަމުގައި ހއ. އިހަވަންދޫގައި ފުޓްބޯޅަ މުބާރާތެއް އިއްޔެ ފަށައިފި އެވެ.

މި މުބާރާތް އިންތިޒާމުކުރަނީ 1999 ވަނަ އަހަރު ރަޖިސްޓްރީކޮށް އިހަވަންދޫގައި ހިންގަމުން އަންނަ ކްލަބް ޕޯލްސްޓާ އިންނެވެ. މި މުބާރާތުގައި ހއ. އަތޮޅާއި ހދ. އަތޮޅަށް ނިސްބަތްވާ 15 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރެއިން އިހަވަންދޫ އިން 8 ޓީމު މުބާރާތުގައި އަންނަނީ ވާދަކުރަމުންނެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ނިސްބަތްވަނީ އިހަވަންދޫ، ހދ. ނޮޅިވަރަމް، ހއ. އުލިގަމް، ހއ. ތުރާކުނު، ހއ. ދިއްދޫ، ހއ. މާރަންދޫ އަދި ހދ. ނައިވާދޫ އަށެވެ.

އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށް ދަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވެފައިވާ 15 ޓީމަކީ، ކުޅިމަގު، ޒުވާނުންގެ ގުޅުން، އުލިގަމް، ކޮފަލި، އެންވީކޭ، ބޮޑުމަގު، އެޗްއެން ސްޕޯޓްސް ކްލަބް، ޗެޕޭ ސްޕޯޓްސް، ކްލަބް ޕެނީ، ޖަންގަލް، ޔުނައިޓެޑް ޔޫތު، ސެންސިޓީ، ޓީމް ނައިވާދޫ، އަރާދުވާ، ތުރާކުނު ޓީމް އަދި ސެންސިޓީ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު ކުއާޓާ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ.

މުބާރާތް އިންތިޒާމުކުރާ ކްލަބް ޕޯލްސްޓާ އިން ބުނީ މިއީ ތިލަދުންމަތީގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އިތުރުން އެ ސަރަހައްދުގެ ކުންފުނިތަކާއި ރިސޯޓުތައް އަދި އިހަވަންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އެ ސަރަހައްދުން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. މީގެ އިތުރުން ޒުވާނުންގެ ސިއްހީ ދުޅަހެޔޮކަމަށް އިސްކަންދީ އެކުވެރި މާހައުލެއްގައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަކީ ވެސް މުބާރާތް އެ ޖަމިއްޔާއިން ބާއްވަން ނިންނި ސަބަބެކެވެ.

ފޯރިގަދަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތަކީ ތިލަދުންމަތީގެ ޖަމިއްޔާއަކުން އެ ސަރަހައްދުގެ ރަށްތަކުން ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތެވެ.

ކޮމެންޓްސް

Matches
5
Ongoing
2
Upcoming
Predict
Settings